theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އައިއޭސީ
ހަބަރު
ގައުމީ ބޮޑު އެއްވުން މިއަދު ހަވީރު: ސަމާލުކަން ދޭންވީ ކަންކަން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
15 އޯގަސްޓު 2025
މާލެ ސިޓީ

އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ހިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ ޤައުމީ ފެންވަރުގައި ބޮޑު އެއްވުމުގައި މިއަދު ރާއްޖޭގެ އެކު ސަރަހައްދުތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އައިއޭސީ އިން އިސްވެ ބާއްވާ މި އެއްވުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަން އައިއޭސީ އިން ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން މާލޭގެ އެކުވެނި ސަރަހައްދުގައި ބާއްވާއިރު އިވެންޓްއަށް އަންނަ ބޭފުޅުން ވަނުމަށް ހަމަޖެހިފައިވަނީ މޮފްކޯ މަސްފިހާރަ އިންނަ ދިމާލުން ވަދެވެން އިންނަ ގޭޓުން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އަދި މި އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ ކަމަށް ބެލެވޭތީ ކޮންމެ ބޭފުޅަކުވެސް ފެންފުޅިއެއް ހިފައިގެން އައުމަށާއި ނޭވާލުމަށް އުނދަގޫ ބޭފުޅުން މާސްކެއް ބޭނުންކުރުމަށް އައިއޭސީ އިން އިލްތިމާސްކޮށްފައިވެއެވެ.

އިވެންޓް ތެރޭގައި އެކަކު އަނެކަކަށް އިހުތިރާމް އަދާކޮށް، ފިތި ބާރުވެގެން ނުވަތަ އެކަކު އަނެކަކު ގައިގައި ޖެހި އުނދަގޫވާ ފަދަ ކަންތައްތައް ނުކުރުމަށްވެސް އެ ޖަމިއްޔާއިން އެދިފައިވެއެވެ. އަދި އަޚްލާގީ މިންގަނޑަށް ފެތޭ ގޮތަށް ޝުއޫރު ފާޅުކުރުމަށް ބޯޑުތައް ގެނައުމަށްވެސް މި ޖަމިއްޔާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، އަލިފާން ހިފާނެފަދަ އެއްވެސް ކަހަލަ އާލާތެއް އަދި ތޫނު އެއްވެސް އެއްޗެއް އެއްވެސް ބޭފުޅަކު ނުގެނައުމަށް ވަރަށް ބޮޑަށް އެދިފައިވެއެވެ.

މިއާއި އެކު މި އިވެންޓް ތެރޭގައި ދުންފްތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއް ކަމަށާއި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ބުނެފައިވެއެވެ.

މި އިވެންޓް ކުރިއަށް ދާއިރު އަންހެން ފިރިހެން ބޭފުޅުން މަސްހުނި ނުވާނެހެން ރާވާފައިވާ ކަމަށާއި ފަލަސްތީނުގެ ހައްގުގައި މި ގައުމީ ބޮޑު އެއްވުމުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން އެދިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?