March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސުމުދް ފްލޮޓިލާގެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 2, 2025, 04:37 PM
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާގެ ހިސޯރު ނައްތާލުމަށް ފްލޮޓިލާގެ އުޅަނދުތަކުގައި ދަތުރުކުރަމުން އަންނަ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Advertisement

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. މި މައްސަލަ ބަލައިގަތުމާއި މެދު ބަހުސްކުރަން ރިޔާސަތުން ވޯޓަކަށް އެހުމުން، ވޯޓުގައި ބައިވެރިވެފައިވަނީ 57 މެންބަރުން ނެވެ.

މި ކުއްލި މައްސަލައިގައި ވަނީ:

“ފަލަސްތިނުގެ ބިންތަކަށް ވެރިވަގަނެ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގަމުންދާ ގަތުލު އާންމުގެ ތެރެއިން އިސްރާއީލުން ދެމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް މެދުކެނޑުމެއްނެތި ކުރިއަށްދާހިދު އަދި ޢައްޒާގެ ރައްޔިތުން ތިބި އިންތިހާ ދަރަޖައަށް ނިކަމެތި ހާލަތެއްގައި ކަމަށްވީހިދު ހަނގުރާމައިގެ ސަބަބުން އައްޒާގެ އެކި ކަންކޮޅުތަކުގައި ހާލަތުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅަމުންދާހިދު އިސްރާއިލުން ޣައްޒާއަށް ކުރިމަތިކޮށްފައިވާ ޣައިރު ޤާނޫނީ ބްލޮކޭޑް ނައްތާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނާއި، މެދު ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅުވެރިކަން ދެއްކުމުގެ މަގްސަދުގައި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ބައިވެރިވުމާކު ގްލޯބަލް ސުމޫދު ޕްލޮޓިއްލާ މޫމެމްންޓްގެ ނަމުގައި ބައިނަލް އަގްވާމީ އެކިއެކި ޖަމިއްޔާތަކަށް ނިސްބަތްވާ ފަރާތްތަކުން ފަލަސްތިނުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯ ތަކެއްޗާއި ބޭހުގެ ސާމާނާއި ޒަރޫރީ އެކިއެކި ތަކެތި ހިމެނޭހެން އިންސާނީ އެހީހުރި ބޯޓްފަހަރުގެ ލަޝްކަރެއް ޣައްޒާގެ ސަރަހަށްދަށް އެތެރެވުމަށް މަސައްކަތްކުރަމުންދާއިރު އަދި އެ ފްލީޓްގައި އިންސާނީ އެހީއަށް މަސައްކަތްކުރާ ދިވެހިރާއްޖޭގެ އިންޓަރނޭޝަނަލް އެއިޑް އަށް ނިސްބަތްވާ ދެ ރައްޔިތުން ތިބި ހިނދު އިސްރާއިލާއި އިސްރާއިލަށް ވާގިވެރިވާ ގައުމުތަކަށް ނިސްބަތްވާފަރްތާތަކުން މި މޫވްމެންޓަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އިސްރާއީލާއި އެފަރާތްތަކަށް ވާގިވެރިވާ ފަރާތްތަކުގެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން އެ މޫވްމެންޓްގައި ހިމެނޭ ދިވެހި ރައްޔުތުން ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިވެހި ސަރުކާރުން އެއަމަލު ކުށްވެރި ކުރެވެން ހުރިކަންކަން ދެނެގަނެ ދިވެހި ދައުލަތުން އެ މޫވްމެންޓްގައި ބައިވެރިވާ ކަމަށް ގޮވާލުމަށެވެ.”

ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ ސަހްޔޫނީން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ ހަރަކާތެވެ.

އެގޮތުން، 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ވަނީ ބައިވެރިވެއެވެ.

ރޭ ދަންވަރު ސަހްޔޫނީން އެ އުޅަނދުތަކަށް ހަމަލާ ދޭން ފަށާފައިވާއިރު، މިހާތަނަށް 13 އުޅަނދު ހުއްޓުވާފައިވާ ކަމަށް ފްލޮޓިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ކުރިއަށް އޮތް 4 ގަޑި އިރެއްގެ ތެރޭ މިހާރު އެއްވެސް ޖެހިލުމެއްނެތި ދަތުރުކުރަމުންދާ އުޅަނދުތަކަށް ޣައްޒާ އަށް ވަދެވޭނެ ކަމަށް ވެސް ފްލޮޓިއްލާއިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved