April 20, 2026
Advertisement
-
- / ސީ.އެން.އެން

ޣައްޒާއަށް އެތެރެކުރެވިފައިވަނީ 66 އެހީ ޓްރަކް: އައިއޭސީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 29, 2025, 04:37 AM
މާލެ ސިޓީ

ސަހްޔޫނީން ފަލަސްތީނަށް ދެމުންދާ ހަމަލާތައް 12 ގަޑިއިރަށް ހުއްޓާލާފައިވާ ކަމަށް އިއުލާން ކުރުމާއިއެކު ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދޭ އެކި ޖަމިއްޔާތަކުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ކާން، ބޯނެ ތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

Advertisement

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށް އައިއޭސީއާ އެކު މަސައްކަތްކުރާ ކޯލިޝަނުގެ 130 ޓްރަކް ޣައްޒާތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މީގެ ތެރެއިން 10 ޓްރަކަކީ ދިވެހިންގެ އެހީގައި ފޮނުވާ ޓްރަކްތައްކަމަށް އެ ޖަމިއްޔާއިން އިއްޔެ ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް، ހަނގުރާމަ މެދުކަނޑާލާފައިވީ ނަމަވެސް ސަހްޔޫނީންގެ ފިއްތުންތަކާއި ހުރެ ޣައްޒާގެ ދެކުނާއި އުތުރު ސަރަހައްދުން ޖުމްލަ ވަދެފައިވަނީ 36 ޓްރަކް ކަމަށް އައިއޭސީން މައުލޫމާތުދީފައިވެއެވެ.

ހަނގުރާމަ ހުއްޓާލާފައިވަނީ އެހީތައް ވެއްދުމަށް ނޫން ކަމަށާއި އެހެންކަމުން އެހީތައް ޣައްޒާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ހަނގުރާމަ މެދުކަނޑާލި 12 ގަޑިއިރު ތެރޭގައިވެސް ސަހްޔޫނީން ވަނީ ވައިގެ މަގުން ހަމަލާތައް ދީފައި ކަމަށް އައިއޭސީން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved