ސަރުކާރުން ކަންތައް ކުރާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ހުސައިން ޝަރީފް ރުޅިގަދަވެ ސަރުކާރަށް ބަވާލާއިފިއެވެ.
ހުސައިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ.
ހުސައިން ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮންނަ ކަހަލަ ސްވިމިންގ ޓްރެކެއް ދެވަނަ ފިޔަވަހީގެ މޫދުގައި އޮންނަން ޖެހޭކަމަށް ބުނެ ކޮށްފައިވާ ޕޯސްޓެއް ޝެއަރ ކުރައްވާފައެވެ.
ހުސައިން ވިދާޅުވީ މިފަދަ މޮޅެތި ޕޯސްޓުތަކެއް ޖަހައިގެން ވާކަމެއް ނެތްކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދަށް އެރޭ ސަރަހައްދު ސާފުކޮށްދިނުމަށް ވެސް އެދުނުތާ ދެ އަހަރުވެއްޖެކަަމަށެވެ.
އަބަދުވެސް ބުނަނީ ކުރަނީ, ބަލަނީ އަދި އަންނަނީކަމަށާއި ވާކަމެއް ނެތްކަމަށް ހުސައިން ފާހަގަކުރައްވާފައިވެއެވެ.
ހުސައިންގެ ޕޯސްޓުގައި މޫދަށް އެރޭ ސަރަހައްދު ސާފުކޮށްދިނުމަށް އެދުނުތާ ދެ އަހަރު ވެފައިވާކަމަށް ފާހަގަކޮށްފައިވާއިރު މި ސަރުކާރު އައިފަހުން ވެސް ދެ އަހަރު ވަނީއެވެ.
ސަރުކާރުގެ އަމަލުތައް މިފަދައިން ހުރުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ސަރުކާރާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.