March 20, 2026
Advertisement
...
... / މަޖިލިސް

ހިލޭ ގޯތި ދީފައި ފްލެޓްތަކަށް ކުލިދައްކަންޖެހުން ހަމަނުޖެހޭ: ހުސައިން ޝަރީފް

Yana Shareef
ޔާނާ ޝަރީފް
Oct 30, 2025, 07:42 PM

މާލެ ސަރަހައްދުން ހިލޭ ގޯތި ދީފައި ފްލެޓްތަކަށް ކުލިދައްކަންޖެހުން ހަމަނުޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

Advertisement

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ހުސައިން ވިދާޅުވީ އެއް ބަޔަކަށް ލިބުނީ ހިޔާ ޓަވަރުން 500 އަކަފޫޓުގެ ފްލެޓެއް ކަމަށާއި އެ ފްލެޓަށް ކުލި ދައްކަންޖެހޭ ކަމަށެވެ. އަދި އަނެއް ބަޔަކަށް 1200 އަކަފޫޓުގެ ގޯއްޗެއް ހިލޭ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ޝަރީފަކީ ސަރުކާރަށް ނިސްބަތްވާ މެމްބަރެއް ނަމަވެސް ފަހަކަށް އައިސް ފެނިގެންދަނީ އޭނާގެ ހިތްހަމަ ނުޖެހުން ސަރުކާރަ މެދު ފާޅުކުރާ މަންޒަރެވެ.

އެގޮތުން ދާދިފަހުން ވެސް ހުސައިން ވަނީ ރުޅިގަދަވެ ސަރުކާރަށް ބަވާލާފައެވެ.

ހުސައިން ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮންނަ ކަހަލަ ސްވިމިންގ ޓްރެކެއް ދެވަނަ ފިޔަވަހީގެ މޫދުގައި އޮންނަން ޖެހޭކަމަށް ބުނެ ކޮށްފައިވާ ޕޯސްޓެއް ޝެއަރ ކުރައްވާފައެވެ.

ހުސައިން ވިދާޅުވީ މިފަދަ މޮޅެތި ޕޯސްޓުތަކެއް ޖަހައިގެން ވާކަމެއް ނެތްކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދަށް އެރޭ ސަރަހައްދު ސާފުކޮށްދިނުމަށް ވެސް އެދުނުތާ ދެ އަހަރުވެއްޖެކަަމަށެވެ.

އަބަދުވެސް ބުނަނީ ކުރަނީ, ބަލަނީ އަދި އަންނަނީކަމަށާއި ވާކަމެއް ނެތްކަމަށް ހުސައިން ފާހަގަކުރައްވާފައިވެއެވެ.

ހުސައިންގެ ޕޯސްޓުގައި މޫދަށް އެރޭ ސަރަހައްދު ސާފުކޮށްދިނުމަށް އެދުނުތާ ދެ އަހަރު ވެފައިވާކަމަށް ފާހަގަކޮށްފައިވާއިރު މި ސަރުކާރު އައިފަހުން ވެސް ދެ އަހަރު ވަނީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved