March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ތައިލޭންޑުން އުފައްދާ އިންހޭލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެ ސަމާލުވާން އެދެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 30, 2025, 03:28 AM
މާލެ ސިޓީ

ދިވެހިން އާންމު ގޮތެއްގައި ބޭނުންކުރާ އިންހޭލާއެއް ކަމަށްވާ ހޮންގް ތައި ބްރޭންޑުގެ ހާބަލް އިންހޭލާގެ ބެޗެއް ތަޣައްޔަރުވެފައިވާތީ އެ ކަމަށް ސަމާލުވުމަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަންގައިފިއެވެ.

Advertisement

އެ ގައުމުން ނެރުނު ބަޔާނެއްގައި ބުނީ ހޮން ތައި ބްރޭންޑުގެ ހާބަލް އިންހޭލާ ފޯމިއުލާގެ ބެޗެއް ތަޣައްޔަރުވެ، ރައްކާތެރިކަމުގެ މިންގަނޑުތަކުން ފެއިލްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ތައިލޭންޑުގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސައިންސަސްއިން ކުރި ލެބޯޓްރީ ޓެސްޓްތަކުން ދައްކާ ގޮތުގައި މި އުފެއްދުމުގައި ވަނީ، ޓޯޓަލް އެރޮބިކް މައިކްރޯބިއަލް ކައުންޓް، ޓޯޓަލް ކޮމްބައިންޑް ޔީސްޓްސް އެންޑް މޯލްޑް ކައުންޓް، އަދި ކްލޮސްޓްރިޑިއަމް އެސްޕީޕީ ފަދަ މިންގަނޑުތަކުން ފެއިލްވެފައެވެ.

އެފްޑީއޭއިން ބުނީ ޖީ 309/62 ނަންބަރުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މި އުފެއްދުމަކީ އެ ގައުމުގެ ޕަބްލިކް ހެލްތު މިނިސްޓްރީން 2021 ވަނަ އަހަރު ކަނޑައަޅާފައިވާ، ރަޖިސްޓްރީކޮށްފައިވާ ގަސްގަހާގެހިން އުފައްދާ އުފެއްދުންތަކުގެ ސާފުކަމާއި ކޮލިޓީގެ މިންގަނޑަށް ވެސް ފެތޭ އުފެއްދުމެއް ނޫން ކަމަށެވެ.

އެ ގައުމުން ބުނި ގޮތުގައި ތަޣައްޔަރުވެފައިވާ ބެޗަކީ 000332 ނަންބަރު ބެޗެވެ. މި ބެޗު އުފެއްދި ތާރީޚަކީ މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަވަނަ ދުވަހެވެ. އަދި މުއްދަތު ހަމަވާ ތާރީހަކީ 2027ވަނަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved