March 11, 2026
Advertisement
ޣައްޒާ
ޣައްޒާ / ގެޓީ އިމޭޖަސް

އެމެރިކާއިން ޣައްޒާއަށް ވައިގެމަގުން އެހީ ފޯރުކޮށްދެނީ

Azzama
އައްޒާމާ
Mar 2, 2024, 06:53 PM

އެމެރިކާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ވައިގެ މަގުން ވައިކުޑައިގައި ވައްޓާލަން ފަށާނެ ކަމަށް ރައީސް ޖޯ ބައިޑަން ހުކުރު ދުވަހު އިއުލާން ކުރައްވައިފި އެވެ. ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްގަމު މަގުން ވަނުމުގެ ފުރުސަތު އިސްރާއީލުން ދަނީ ދެކޮޅު ހަދާ އެކަމަށް ހުރަސްއަޅަމުންނެވެ.

Advertisement

އޯވަލް އޮފީހުގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ "ޣައްޒާއަށް މިހާރު ވަންނަމުންދާ އެހީ އެއްވެސް ވަރަކަށް ނުފުދޭ،" ކަމަށާ ޣައްޒާ އަށް ދުވާލަކު "އެތައް ސަތޭކަ ޓްރަކް" ވަންނަން ޖެހޭކަމަށެވެ.

ބައިޑަން ވިދާޅުވީ އެމެރިކާއިން "އިސްރާއީލުން އިތުރު ޓްރަކްތަކާއި އިތުރު މަގުތައް ފަހިކޮށްދީ އާންމުންނަށް ބޭނުންވާ އެހީތެރިކަން އެއްވެސް ބަހަނާއެއް ނެތި ފޯރުކޮށްދޭން ޖެހޭ" ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށް އޮތް ދުވަސްތަކުގައި އެއާޑްރޮޕްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލަކު ސީއެންއެން އަށް ވިދާޅުވި އެވެ.

އެއާޑްރޮޕްތަކުގެ ސަބަބުން އާންމުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ އެވެ. ނަމަވެސް ޣައްޒާގެ އިންސާނީ ދަތިކަމަށް ދެމެހެއްޓެނިވި ހައްލެއް ލިބުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި ކޮންމެ އެއާޑްރޮޕަކުން ލިއްބައިދޭނީ ޓްރަކްތަކުން ގެންދެވޭ އެހީގެ ކުޑަ އިންސައްތައެކެވެ.

އިޒްރޭލު ސަރުކާރުން ޣައްޒާގެ އުތުރުގައި އިތުރު ރޫޓުތައް ހުޅުވުމަށް އެމެރިކާއިން ގޮވާލި ގޮވާލުން މިހާތަނަށް ވަނީ ނާކާމިޔާބުވެފައެވެ. ދެކުނު ޣައްޒާގައި ވަންނަ ޓްރަކްތަކުގެ އަދަދު މިދިޔަ ހަފްތާގައި ވަނީ ދުވާލަކަށް 85 އަށް ވެއް

ޓިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved