March 16, 2026
Advertisement
ނާއިފު ސައްތާރަށް: އިއްތަފޫ ކައިގެން ޒަންބީލަ އަރާ އިންހެން އިނދެ ދެއްކޭނެ ވާހަކައެއް ނެތް
ނާއިފު ސައްތާރަށް: އިއްތަފޫ ކައިގެން ޒަންބީލަ އަރާ އިންހެން އިނދެ ދެއްކޭނެ ވާހަކައެއް ނެތް / ތޭރަގްރެފިކްސް

ނާއިފު ސައްތާރަށް: އިއްތަފޫ ކައިގެން ދަންބީލަ އަރާ އިންހެން އިނދެ ދެއްކޭނެ ވާހަކައެއް ނެތް

Mariyam Isaadha
މަރިޔަމް އިސާދާ
Nov 5, 2025, 11:42 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންއާ ގުޅުވާ ހޮޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްސައްތާރު މުހައްމަދު ދެއްކެވި ވާހަކައަށް ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ޒުވާން ސެނެޓަރ ނާއިފު ޝައުކަތުގެ ވަރުގަދަ ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ނާއިފުގެ ބަހުގެ ހަމަލާ ރައްދު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައެވެ.

މި ސަރުކާރުން ގިނަ ސްޕޮންސަރ ނަގައިގެން އާރުއޭސީއެލްގެ ކުރީގެ އެމްޑީ އަހުމަދު މުބީން އަޑީގައި ހުރެގެން ހިންގާ މެންދުރު ޓީވީގައި ވާހަކަ ދައްކަމުން ސަރުކާރުން ފައިސާ ނަގައިގެން ހުރި ޕީއެންސީގެ ޕަޕެޓެއްގެ ގޮތުގައި ދާއިރާގެ ގިނަ ރައްޔިތުންވެސް ސިފަ ކުރާ ސައްތާރު ވިދާޅުވެފައިވަނީ، ކޮންމެ ބޭފުޅަކުވެސް ސިޔާސީ މަސައްކަތުގައި ކާމިޔާބު ހޯދާފައިވަނީ ކޮންމެެވެސް އެހެން މީހެއްގެ ހިޔަނީގައި ކަމަށާ އެގޮތުން ރައީސް މުހައްމަދު މުއިއްޒު ރައީސް ޔާމީންގެ ފޮޓޯއާ ހުސް ގޮނޑިު ދައްކައިގެން އައި ކަމަށް ބުނާ ބުނުމުގެ މާބޮޑު އަސާސެއް ނެތް ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ޕީއެންސީއިން ސުޕަރ މެޖޯރިޓީ ނަގާ ކާމިޔާބު ކުރީ ރައީސް މުއިއްޒު ގިނި ކަންޏާ ނުކުމެ ކުރެއްވި މަސައްކަތުން ކަމަށް ވެސް ސައްތާރު ވިދާޅުވެފައިވެއެވެ.

ސައްތާރުގެ މި ވާހަކަތަކަށް ރައްދު ދެއްވާ ނާއިފް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން ޖަލުގައި ނުހައްގުން 3 އަހަރު ހުންނަވާ ގެންނެވި ވެރިކަމެއްގައި މަޖިލިސް ޕްރައިމަރީ މަކަަރާ ހީލަތުން ޖަހައިގަނެ، ހޮޅުދޫ ދާއިރާގެ ގޮނޑީގައި އިން މީހަކަށް ރައީސް ޔާމީންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.

އެގޮތުން އެހެން މީހުންގެ ބުރަ މަސައްކަތުގެ ފޮނި މީރުކަން ހާސިކޮށްގެން ސައްތާރު މަޖިލީހުގައި އިންނަ އިނުން ނާއިފު ސިފަކުރެއްވީ އިއްތަފޫ ކައިގެން ދަންބީލަ އަރާ އިންހެން އިނުމުގެ ގޮތުގައެވެ.

ނާއިފުގެ ހޫނު ރައްދެއް ސައްތާރަށް އަމާޒުކުރައްވާފައިވާއިރު، ސައްތާރު ޕީއެންސީ ޓިކެޓު ހޯދީ ޕީއެންސީ ޓިކެޓަށް އޭރު ވާދަކުރި ޕީޕީއެމްގެ ރަޖިސްޓްރާއާ ވާދަކޮށް ކަމަށްވީ ނަމަވެސް ސައްތާރުއަކީ ޕީޕީއެމް ޕީއެންސީގައި މެމްބަރުން ބުރަ މަސައްކަތްކޮށްގެން ވެރިކަން ގެނައި އިރު މާ ދުރުގައި އެހެން ޕާޓީއެއްގައި ބަލަން ހުރި މީހެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved