މިހާރުގެ މޭޔަރ އާދަމް އާޒިމް މާލެ ސިޓީ ކައުންސިލް އޮޑިޓު ނުކުރި ނަމަވެސް، މާލެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު މޭޔަރުކަމަށް ވަޑައިގެން އެ ހުރިހާ އޮޑިޓެއްކުރާނެ ކަމަށް ޕީއެންއެފްގެ ސެނެެޓަރ ނާއިފު ޝައުކަތު ވިދާޅުވެއްޖެއެވެ.
ނާއިފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ރައީސްކަމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުރެގެން ކުރި ވައްކަންތައް އާޒިމްގެ މޭޔަރުކަމުގެ ނުބެލި ކަމަށާ ނަމަވެސް ޕީއެންއެފުގެ އެންޑޯޒްމަންޓާ އެކު ނެރެނީ އެކަމަށް ގާބިލު، ވައްކަންތައް ބަލަން ކެރޭނެ ކެންޑިޑޭޓެއް ކަމަށެވެ.
އެގޮތުން އޮޑިޓު އެންޑް ފައިނޭންސްގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފައިވާ އިސްމާއިލް ޒަރިޔަންދު މޭޔަރު ކަމަށް ވަޑައިގެން އެހުރިހާ ވައްކަމާ ޖަރީމާތައް އޮޑިޓުކޮށް ފިޔަވަޅު އަޅާނެ ކަމަށާ އެއީ ގައުމީ ކެންޑިޑޭޓު ކަމަށް ވެސް ނާއިފު ވިދާޅުވެފައިވެއެވެ.
Adam Azim city council in muiz koffa huri vakkan thah audit kuran nukerigen aharumen PNF in endorse kuree Audit koh rayyithun nah hurihaa kameh haama kohdheyne kerey meeheh. Dhen alhaanulaa adam aharun @zariyand lavvaa ekan kuraanan. Eh ee gaumee candidate !
— Mr. Naif Shaukath 🇲🇻 -v- (@naifshaukath) January 17, 2026
ނާއިފު މިފަދައިން ވިދާޅުވެފައިވާއިރު މާލެ ސިޓި ކައުންސިލްގެ އޮޑިޓެއް ނުހަދާތާ 10 އަހަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރުގެ މޭޔަރު ވިދާޅުވާ ގޮތުގައި އެކަން ނުކުރެވިގެން އުޅެނީ އޮޑިޓު އޮފީހުގެ އެއްބާރުލުން ނުލިބިގެންނެވެ. ނަމަވެސް އޮޑިޓު ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޓަރނަލް އޮޑިޓެއް އޮޑިޓު އޮފީހުގެ އެހީތެރިކަން ނެތަސް ކުރެވޭނެ އެވެ.