June 1, 2026
Advertisement
ދިވެހިންނަށް ބިޑި އޮޅަން ޖެއްސުމުގެ ނަތީޖާ ވޯޓު ފޮށިން ފެންނަނެ: މަލީހު
ދިވެހިންނަށް ބިޑި އޮޅަން ޖެއްސުމުގެ ނަތީޖާ ވޯޓު ފޮށިން ފެންނަނެ: މަލީހު / ތޭރަ އޮންލައިން

ދިވެހިންނަށް ބިޑި އޮޅަން ޖެއްސުމުގެ ނަތީޖާ ވޯޓު ފޮށިން ފެންނަނެ: މަލީހު

May 31, 2026, 05:16 PM
މާލެ ސިޓީ

ދިވެހި ޒުވާނުން ހާލުގައި ޖައްސަ ބިޑި އޮޅަން ރައީސް ޑރ މުހައްމަދު މުއިއްޒު، ޖެއްސި ޖެއްސުމުގެ ނަތީޖާ 2028 ވަނަ އަހަރުގެ ވޯޓު ފޮށިން ފެންނާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، ރައީސް މުއިއްޒު ގައުމުގައި ވޭޕު މަނާކޮށް ދިވެހިންނަށް ބިޑި އޮޅަން މަޖްބުރުކޮށްގެން އަމިއްލަ ނަންފުޅުގައި ޑަބްލިއުއެޗްއޯއިން އެވޯޑު ހޯދި ކަމަށެވެ. އަދި ދުންފަތް އަގު ބޮޑުކޮށް ވޭޕު މަނާކުރުމުގެ ފަހަތުގައި ވެސް އޮތީ ރައީސް މުއިއްޒުގެ އަމިއްލަ ނަމަށް އެވޯޑެއް ކާލުން ކަމަށް ވެސް މަލިހު ތުހުމަތު ކުރައްވާފައިވެއެވެ.

ޕޯސްޓު ނިންމަވާލައްވަމުން މަލީހު ވިދާޅުވެފައިވަނީ، އެކަންކަމުގެ ނަތީޖާ ވޯޓު ފޮށި ދޮށުން ނުހަނު ހިތި ވާނެ ކަމަށާ އެންމެ ފަހުން ލިބުނު 30 އިން ސައްތަ ދެން ނުލިބޭނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved