theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޗައިނާ ޑެއިލީ
ދުނިޔެ
ޗައިނާގެ އެންމެ ބޮޑު އެއާކްރާފްޓް ކެރިއަރ ލޯންޗުކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
10 ނޮވެމްބަރު 2025
މާލެ ސިޓީ

ޗައިނާގެ އެނެމް ބޮޑު މަތިންދާބޯޓު އުފުއްލާ ކެރިއަރ "ފުޖިއަންގ" ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ރަސްމިއްޔާތު އޮތީ ސަންޔާ ނޭވަލް ބޭސްގައެވެ.

މިއީ ޗައިނާގެ ކަނޑުގެ ސިފައިންގެ ޒަމާނީވުމާއި މި ސަރަހައްދުގައި ކުރިއަރަމުން އަންނަ އަސްކަރީ ބާރުގެ އެންމެ ބޮޑު ލަނޑުދަނޑިއެއް ގޮތަކަށް އެ ގައުމުން ސިފަކޮށްފައިވެއެވެ.

ފުޖިއަން އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ބޮޑު ކޮންވެންޝަނަލް ޕަވަރޑް ހަނގުރާމަ މަނަވަރު ކަމަށާއި، އޭގެ ބަރުދަނުގައި 80،000 ޓަނަށް ވުރެ ގިނައިން ހުންނާނެ ކަމަށް ޗައިނާއިން ހާމަކޮށްފައިވެއެވެ. އަދި މިއީ އިލެކްޓްރޯމެގްނެޓިކް އެއާކްރާފްޓް ލޯންޗް ސިސްޓަމް (އީއެމްއެލްއެސް) އެއް އެކުލެވޭ ޗައިނާގެ ފުރަތަމަ ކެރިއަރ ކަމުން، ދުވަސްވީ ކެރިއާތަކާ އަޅާބަލާއިރު އެގައުމުގެ މަތިންދާބޯޓު ލޯންޗު ކުރުމުގެ ގާބިލްކަން ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަން މި ކަމުން ދޭހަވެއެވެ.

ޗައިނާގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި ފުޖިއަންގައި ތިން ކެޓަޕަލްޓް މަގާމެއް ހުރެ އެވެ. އެއީ އެންމެ ފަހުގެ ޖޭ-35 ސްޓެލްތު ފަޔަރ ޖެޓްތަކާއި، ޖޭ-15ޓީ ފަޔަރ އެއާކްރާފްޓްތަކާއި، ކޭޖޭ-600 އަވަސް އިންޒާރުދޭ މަތިންދާބޯޓުތައް ފޮނުވާލެވޭނެ އެއްޗެކެވެ. މިކަމުގެ ސަބަބުން ޗައިނާއަށް ކުރިއަށްވުރެ ވައިގެ އޮޕަރޭޝަންތައް ކަނޑުގައި އެޑްވާންސްކޮށް ހިންގޭނެއެވެ.

އަސްކަރީ ތަހުލީލު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި އާ ކެރިއާގެ ސަބަބުން ޗައިނާއަށް އިންޑޯ ޕެސިފިކް ސަރަހައްދުގައި އިތުރު ސްޓްރެޓެޖިކް ބާރެއް ލިބިގެންދެ އެވެ. އެމެރިކާ، ޖަޕާން އަދި އިންޑިއާ ފަދަ ގައުމުތަކުން މި ތަރައްގީ ގާތުން މޮނިޓަރ ކުރުން އެކަށީގެންވާ ކަމަށްވެސް އެމީހުން ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved