April 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޗައިނާގެ ސެޓެލައިޓަކުން އިޒްރޭލުގެ ސިއްރު ބަންކަރެއް ހޯދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 20, 2026, 06:20 PM
މާލެ ސިޓީ

 ޗައިނާގެ ކުރިއަރާފައިވާ ސެޓެލައިޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން އިޒްރޭލުގެ އެންމެ ސިއްރު ބަންކަރުތައް ދެނެގަނެވިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ. 

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ  ވީޑިއޯއެއްގައި ބުނާ ގޮތުން، ބިމުގެ އަޑީގައި ފޮރުވިފައިވާ ތަންތަން ދެނެގަތުމުގެ ގާބިލްކަން ހުރި ޗައިނާގެ ސެޓެލައިޓެއްގެ އެހީތެރިކަން ހޯދުމަށް އީރާނުން ވަނީ 36.6 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. އަދި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން، އެމެރިކާގެ ވަރުގަދަ ޖާސޫސީ ނެޓްވޯކްތަކަށް ވެސް ނުފެނި އޮތް އިޒްރޭލުގެ ވަރަށް 'ކްލަސިފައިޑް' ބަންކަރެއް ހޯދާފައިވާ ކަމަށް އެ ވީޑިއޯގައި ދައުވާކޮށްފައިވެއެވެ.

ނަމަވެސް، މި ވާހަކަތަކަކީ މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައިވާ ވާހަކަތަކެއް ނޫން ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ބުނެއެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސިންތެޓިކް އެޕަޗާ ރާޑަރ (SAR) އާއި ތަމަލް އިމޭޖިން ފަދަ ވަސީލަތްތަކުން ބިމުގެ އަޑީގައި ހުންނަ ބައެއް ބަދަލުތައް ދެނެގަނެވުނު ނަމަވެސް، ވަކި ސިއްރު ބަންކަރެއް އެހާ ސީދާކޮށް ދެނެގަތުމަކީ އާދަޔާ ހިލާފު ކަމެކެވެ.

މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ މެދުގައި އޮތް ޓެކްނޮލޮޖީގެ ވާދަވެރިކަން އިތުރަށް ހާމަވެގެން ގޮސްފައިވާއިރު، މިއީ ޓެކްނޮލޮޖީގެ ގޮތުން ޗައިނާ ކުރިއަރާފައިވާ މިންވަރު ހާމަކޮށްދިން ހާދިސާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved