April 19, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ގާތް ނުކުރި ޖާބިރު ވެސް މުއިއްޒު ކައިރިއަށް

Yana Shareef
ޔާނާ ޝަރީފް
Nov 13, 2025, 02:26 AM

ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުالله ޖާބިރު ގާތް ނުކުރުމުން ރައީސް މުއިއްޒަށް ސަނާ ކިޔައިފިއެވެ.

Advertisement

މީސްމީޑާއާގައި ދައުރުވާން ފެށި ވީޑިއޯއަކުން ޖާބިރު ސަނާކިޔާ މަންޒަރު ފެނެއެވެ.

އެ ވީޑިއޯގައި ޖާބިރު ވަނީ ޕީއެންސީން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމަށް އޭނާ ވެސް ދާނެ ވާހަކަ ބުނެފައެވެ. އޭނާ ވަނީ ރައީސް މުއިއްޒަކީ ވަރަށް މުރާލި ހީވާގި ވެރިއެއްކަމަށް ބުނެފައެެވެ.

ޖާބިރު މުއިއްޒަށް ސަނާ ކިޔަން ފަށާފައި މިވަނީ އޭނާ އެމްޑީޕީ އިން ވެސް ބޭރުކޮށްލިތާ ދެ އަހަރު ވަރު ފަހުންނެވެ. ގިނަ މީހުން ދެކޭ ގޮތުގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ޖާބިރަށް ޖާގަ ނުދިނުމުން ޖާބިރު ގޮތް ހުސްވީއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޖާބިރަށް ދިން ފުރުސަތު އަތުލައި އެ ޕާޓީން އޭނާ ބޭރުކޮށްލީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved