theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޓައިމްސް އޮފް އިންޑިއާ
ދުނިޔެ
ދިއްލީ ގޮވުން: ހަމަލާއާއި ރާއްޖެއާއިވެސް އިންޑިއާއިން ގުޅުވައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
15 ނޮވެމްބަރު 2025
މާލެ ސިޓީ

ދިއްލީގެ ރެޑް ފޯޓް ކައިރީގައި ދާދި ފަހުން ހިނގި ގޮވުންތަކާއި ރާއްޖެއާއި ގުޅުމެއް ވާ ކަމަށް އިންޑިއާގެ ނޭޝަނަލް ބާރަތް ޓީވީ ޗެނަލުން ރިޕޯޓްކޮށްފިއެވެ.

މި ހަމަލާތަކާއި ގުޅިގެން އިންޑިއާގެ އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އާއި ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) ގެ އިންވެސްޓިގޭޓަރުން ދަނީ ހައްޔަރު ކުރި މުސްލިމް ޑޮކްޓަރު، ޑރ ޝާހީން ޝާހިދުގެ ބޭބެ ޑރ ޕަރްވޭޒް އަންސާރީ އާ ސުވާލު ކުރަމުން ކަމަށް ބުނެފައިވެއެވެ.

ދިއްލީ ބްލާސްޓްތަކުގެ ތުހުމަތުގައި ހައްޔަރުކުރި ޑރ ޝާހީން ހައްޔަރުކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޖައިޝް އީ މުހައްމަދު (ޖޭއީއެމް) އާއި ގުޅިފައިވާ ބަޔަކާއި ގުޅުން ހުރި ކަމަށް ބުނެ އެވެ.

ޑރ ޝާހީން ހައްޔަރުކޮށް ކުރި ތަހުގީގުގައި ފުލުހުން ވަނީ ޝާހީންގެ ބޭބެ ޑރ ޕަރްވޭޒްގެ ގެ ބަލާ ފާސްކޮށްފައެވެ. އަދި ފުލުހުން ވަނީ ހަ މޯބައިލް ފޯނާއި ބޮޑެތި ތިން ވަޅިއާއި ކޮމްޕިއުޓަރަކާއި ބައިނަލްއަޤްވާމީ ކޯލިން ކާޑަކާއި އެހެނިހެން އިލެކްޓްރޯނިކް ޑިވައިސްތައް އަތުލައިގެންފައެވެ.

ޑރ. ޕަރްވޭޒް ނިރުބަވެރިންނާއި ގުޅުން ބަދަހިކުރީ އޭނާ ވަޒީފާ އަދާކުރުމަށް ރާއްޖޭގައި ކުރިން ތިން އަހަރެއްހާ ދުވަހު އުޅުނު އިރުގައި ކަމަށާއި އެއަށްފަހު އޭނާ އިންޑިއާއަށް ގޮސް އޭނާގެ ދައްތަ ޑރ. ޝާހީން އާއެކު ޖައްމު ކަޝްމީރަށް ބަދަލުވީކަމަށް އިންޑިއާގެ ޚަބަރުތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ރާއްޖެއިން ދިޔަ ފަހުން ޑރ. ޕަރްވޭޒްގެ ޢަމަލުތައް ހުރީ ހައްދުފަހަނައަޅާފައިވާ މީހުންގެ ޢަމަލުތައް ހުންނަކަހަލަ ގޮތަކަށް ކަމުގައިވެސް އަވަށްޓެރީންނާއި ހަވާލާދީ މި ޗެނަލުން ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގައި ސިލްސިލާކޮށް ދިން މި ހަމަލާތަކަކީ ނިރުބަވެރިން ދިން ހަމަލާތަކެއް ކަމަށް ބޮޑަށް ބެލެވޭ ކަމަށް ދިއްލީ ޕޮލިހުން ބުނެއެވެ. ނަމަވެސް ސަރުކާރުގެ ޕާޓީ ބީޖޭޕީއިން އަންނަނީ މި ހަމަލާގެ ތުހުމަތު ޕާކިސްތާނާއި ތުރުކީގެ ބޮލުގައި އަޅުވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved