March 23, 2026
Advertisement
-
- / ސްރީލަންކާ ޓްވީޓް

ހިޔާނާތުގެ ތުހުމަތު ކުރެވޭ ރަނިލް އިންޑިއާއަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 21, 2025, 05:40 PM
މާލެ ސިޓީ

ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހައަށް ހިޔާނާތުގެ ތުހުމަތުތަކެއް ކުރެވޭއިރު, މިއަދު ހެނދުނު ވަގުތެއްގައި އިންޑިއާގެ ޗެންނާއީއަށް ފުރާވަޑައިގެންފިއެވެ.

Advertisement

ރަނިލް އިންޑިއާއަށް ފުރާވަޑައިގެންނެވިކަން ކަޓޫނާޔަކޭގެ ބަންޑާރަނައިކޭ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައިވާ ކަމަށް މިޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރަނިލް ދަތުރުކޮށްފައިވަނީ މިއަދު ހެނދުނު 8.40 ހާއިރު ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް 121 އިންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ރަނިލް ހައްޔަރުކުރީ މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ހަ އެ ދުވަހު ސިއްޙީ ހާލަތު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކުރިއެވެ.

އޭގެފަހުން އޮގަސްޓު 26 ވަނަ ދުވަހު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާނާގައި ބޭއްވި ޖީ77 ސަމިޓާއި ނިއު ޔޯކްގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތް މަގުމަތީ އިނގިރޭސިވިލާތުގައި މަޑުކުރައްވައި އަނބިކަނބަލުންގެ ޕީއެޗްޑީ ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވެ ވަޑައިގަތުމުގެ ތުހުމަތެވެ. މި ދަތުރަށް ދައުލަތުން 55،000 ޑޮލަރު ހޭދަކޮށްފައި ވާއިރު އަމިއްލަ ބޭނުމެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަކީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ރަނިލް އިންޑިއާއަށް ފުރާފައިވާއިރު ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާވެސް ހުންނެވީ މޯދީ ސަރުކާރުގެ ހިމާޔަތުގައި އިންޑިއާގައެވެ. ބަންގްލަދޭޝްއިން ވަނީ ހަސީނާއަށް މަރުގެ ހުކުމް އިއްވާ ހަސީނާ އަނބުރާ އެ ގައުމާއި ހަވާކުކުރުމަށްވެސް މޯދީއަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved