
ދުބާއީ އެއާޝޯގައި ޓެޖާސް ފައިޓަރ ޖެޓް ވެއްޓުމުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭނެ ކަމަށް އިންޑިއާގެ ރިޓަޔާޑް ޖެނެރަލް ޖީ ޑީ ބަކްޝީ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާ މި އެއާ ޝޯ އިއްޔެ ދުބާއީގައި ކުރިއަށް ވަގުތު އިންޑިއާގެ ޖެޓް ވެއްޓި ދުއްވަން އިން ޕައިލަޓް ވަނީ ނިޔާވެފައެވެ.
މި ހާދިސާއާއި ގުޅިގެން އިންޑިއާގެ ނޫސް ޗެނަލްއަކުން ގެނެސްދިން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ބަކްޝީ ވިދާޅުވީ ޖެޓުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން މި އެކްސިޑެންޓް ހިނގާދިޔަ ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް މި ހާދިސާގައި އެމެރިކާގެ އަތެއް ވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެމެރިކާއިން ތެޖަސް ޖެޓްތައް ދެކެނީ ހަތުރެއްގެ ގޮތުގައި ކަމަށް ބަކްޝީ ފާހަގަކޮށްފައިވާއިރު އެމެރިކާއާއި އިންޑިއާއަކީ އަސްކަރީ ގޮތުން ގުޅުން ބަދަހި ދެ ގައުމެވެ.
މީގެ އިތުރުން، އެމެރިކާއަކީ "މިހާރު އިންޑިއާގެ ރަހުމަތްތެރިއެއް ނޫން" ކަމަށް ވެސް ޖެނެރަލް ބަކްޝީ ވިދާޅުވި އެވެ. ބަކްޝީގެ މި ސްޓޭޓްމަންޓާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަހުސްތަކެއް ފެށިދާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ.
ދުބާއީ އެއާ ޝޯވގައި ދިމާވި މި ހިތާމަވެރި ހާދިސާ ދެ ގައުމުންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.










