
އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކުރި އިންޑިއާގެ 40 މީހުން ބަސް އެކްސިޑެންޓްގައި ނިޔާވުމާއި ގުޅިގެން އެމީހުންގެ ޖަނާޒާ މަދީނާގައި ބާއްވައިފިއެވެ.
އިއްޔެ މެންދުރު ނަމާދަށް ފަހު އަލް މަސްޖިދުއް ނަބަވީގައި މި އެންމެންގެ ކަށުނަމާދު ބާއްވާފައިވާއިރު، އެންމެން ވަޅުލާފައި ވަނީ ޖަންނަތު އަލް ބަގީ ސަހަރާގައެވެ. އެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހައިދަރުއާބާދަށް ނިސްބަތްވާ މީހުންނެވެ.
އެ މީހުން މައްކާއިން މަދީނާއަށް ދަތުރު ކުރަނިކޮށް ޑީސަލް ޓޭންކަރަކާއި، ބަހެއް ޖެހި މިދިޔަ ހޯމަ ދުވަހު ހިނގި މި އެކްސިޑެންޓްގައި، ބަހުގައި އަލިފާން ރޯވެ ހިނގި މި ހާދިސާގައި ސަލާމަތްވީ އެންމެ އުމްރާވެރިއެކެވެ.
ސައުދީ އަރަބިއްޔާ އާއި އިންޑިއާގެ އޮފިޝަލުން ބުނީ މި ހާދިސާ ހިނގިއިރު ބަހުގައި 45 މީހުން ތިބި ކަމަށެވެ.
ރިޔާދާއި ޖިއްދާގައި ހުންނަ އިންޑިއާގެ ޑިޕްލޮމެޓުން ބުނީ ސައުދީ މި ހާދިސާއާ ގުޅިގެން ސަރުކާރާ ގާތްކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިންޑިއާގެ އާއިލާތަކަށް 24 ގަޑިއިރު ހެލްޕްލައިނެއް ގާއިމްކޮށްފައިވާ ކަމަށެވެ.










