March 22, 2026
Advertisement
-
- / މުސްލިމް ވޯލްޑް ޖާނަލް

އިންޑިއާގެ ކޮލެޖެއްގައި މުސްލިމް ދަރިވަރުން ނަމާދުކުރުމުން މައާފަށް އެދެން މަޖުބޫރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 25, 2025, 04:59 AM
މާލެ ސިޓީ

އިންޑިއާގެ މަހާރާޝްތުރާގެ ކަލްޔަންގެ އައިޑިއަލް ކޮލެޖުގެ މުސްލިމް ތިން ދަރިވަރަކަށް ކެމްޕަހުގައި ނަމާދު ކޮށްފައިވާތީ ވީއެޗްޕީ އާއި ބަޖްރަންގް ޑާލްގެ ގްރޫޕެއްގެ މެމްބަރުން އެމީހުންނަށް އަނިޔާކޮށް މައާފަށް އެދެން މަޖުބޫރުކޮށްފިއެވެ.

Advertisement

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި އެ ދަރިވަރުންނަށް މައާފަށް އެދެން މަޖުބޫރުވެ، ހިންދޫ ދީނުގެ ކަލާނގެއެއް ކަމުގަިއވާ ޝިވާޖީގެ (ބުދު) ކުރިމަތީގައި ކަކޫ މައްޗަށް ތިރިކޮށްފައިވެއެވެ.

މި ހާދިސާ ހިނގިއިރު ފުލުހުންގެ އޮފިސަރުންވެސް އެވަގުތު އެތަނުގައި ތިބި އިރުވެސް ހާދިސާ ހުއްޓުވަން އެއްވެސް މަސައްކަތެއް ކުރިތަނެއް ވީޑިއޯއިން ފެނިފައިނުވެއެވެ.

މި ދަރިވަރުންތައް ވަނީ ލިބުނު އަނިޔާތަކުގެ ސަބަބުންނާއި މަޖުބޫރުން މައާފަށް އެދެން ޖެއްސުމުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅިގެން މުސްލިމް ޖަމާއަތްތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކޮށް، އިންސާފުވެރި ތަހުގީގެއް ހިންގުމަށް އެދި ކޮލެޖަށް ގޮވާލަމުންނެވެ.

މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ކަމާބެހޭ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް މި މައްސަލަ ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު ހުރިހާ ދީނެއްގެ ދަރިވަރުންނަށް ކޮލެޖްތަކާއި ސްކޫލްތަކުގައި ރައްކާތެރިކަން ލިބިދޭންޖެހޭނެ ކަމަށް ގިނަ މީހުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved