March 22, 2026
Advertisement
-
- / ހިންދުސްތާނީ ޓައިމްސް

އިންޑިއާގައި މުސްލިމުންނަށް އަނިޔާކުރުން ހައްދުން ނައްޓައިފި. ފުލުހުން ތިބެނީ ކުޅިބަލަން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 25, 2025, 06:01 AM
މާލެ ސިޓީ

އިންޑިއާގެ މަހާރާޝްތުރާގެ ރައިގަޑްގެ މުސްލިމް ސްކޫލް ޓީޗަރަކު ގަދަކަމުން ކުޑަކަކޫ މައްޗަށް ތިރިކޮށް ސަޖިދަ ކުރަން މަޖުބޫރުކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

މި މައްސަލައާއި ގުޅިގެން އިންޑިއާގެ މުސްލިމުން އަންނަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށް، މޯދީ ސަރުކާރަށް ނުރުހުން އަމާޒުކުރަމުންނެވެ. އިންޑިއާގައި މުސްލިމުންނަށް އަނިޔާކުރުން ފަހަކަށް އައިސް ހައްދުފަހަނަ އަޅާފައިވާ ކަމަށާއި މިފަދަ މައްސަލަތަކުގައި ފުލުހުން ތިބެނީ ކުޅި ބަލަން ކަމުގައި ކަމަށް މި ފަރާތްތަކުން ބުނެފައިވެއެވެ.

ޓީޗަރަށް އަނިޔާކޮށް "ޖައި ޝްރީ ރާމް" ކިޔާ ހަޅޭލަވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެނިފައިވެއެވެ. މީގެ އިތުރުން، އޭނާގެ ވަށައިގެން ބޮޑެތި ފިރިހެނުންނެއް، ޖެއްސުންކޮށް، ކަކޫ މައްޗަށް ތިރިކުރުވަން ޕްރެޝަރު ކުރާއިރު، ދެން ތިބި މީހުން ދިޔައީ އެ މަންޒަރު ވީޑިއޯ ކުރަމުންނެވެ. ކައިރިގައި ފުލުހުންވެސް ކުޅި ބަލަން ތިބޭ މަންޒަރުވެސް ފެނިގެންދެއެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެއްވެ ތިބި މީހުން ޓީޗަރަށް މަޖުބޫރު ކުރުމުން ޓީޗަރު ފެނުނީ ބިރުގަނެ، އެހީތެރިކަމަށް ބޭނުންވެފައިވާ މަންޒަރުކަމަށެވެ. ރެކޯޑް ކުރެވުނު މަންޒަރުތަކުގެ ތެރޭގައި އެއްވެސް ފުލުހަކު ތަދައްޚުލްވާތަން ނުފެނުމުން މުސްލިމުންނަށް އޮތް ސަލާމަތާއި ރައްކާތެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށްވެސް މުސްލިމުން އަންނަނީ މޯދީ ސަރުކާރާއި ސުވާލުކުރަމުންނެވެ.

މިއާއި އެކު އިންޑިއާގެ ކޮލެޖެއްގައި މުސްލިމް ދަރިވަރުންތަކެއް ނަމާދު ކުރުމުން އެ ދަރިވަރުންނަށް އަނިޔާކޮށް ނަމާދުކޮށްފައިވާތީ މައާފަށް އެދެން މަޖުބޫރުކޮށްފައިވާ ވޯޑިއޯއެއްވެސް ދަނީ ވައިރަލްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved