April 27, 2026
Advertisement
-
- / ޗައިނާ ޑެއިލީ

ޗައިނާއިން ޕާކިސްތާނުގެ ޓައިކޯނޯޓްސް ޓްރެއިން ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 25, 2025, 06:01 AM
މާލެ ސިޓީ

ޖައްވީ އުޅަނދުފަހަރު ތަމްރީނު ކުރުމުގެ ދާއިރާއިން ޗައިނާގެ ތަޖުރިބާ ލިބިފައިވާ އޮފިސަރުން ޕާކިސްތާނުގެ އޮފިސަރުން ތަމްރީނު ކުރުމަށް އެއްބަސްވެ ޕާކިސްތާނާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކޮށްފިއެވެ.

Advertisement

މި އެއްބސަވުމުގެ ދަށުން ޕާކިސްތާނުގެ އޮފިސަރުން ޗައިނާއަށް ޗައިނާގެ އެސްޓްރޮނޯޓުންނާއި އިންޖިނިއަރުންނާއެކު ތަމްރީން ހެދުމަށް ވަރަށް އަވަހަށް ދާނެ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.

އެ އެއްބަސްވުމުގައި ޕާކިސްތާނުގެ އެސްޓްރޮނޯޓް ކެންޑިޑޭޓުން ހޮވައި، ޗައިނާގައި ތަމްރީނުކޮށް، އޭގެ ތެރެއިން އެކަކު ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަންގައި ޖައްވީ މިޝަނެއްގައި އުދުހުމަށް ތައްޔާރު ކުރުމުގެ ޕްލޭނެއް ހިމެނެ އެވެ.

މިއީ ޕާކިސްތާނުގެ ޖައްވީ ޕްރޮގްރާމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން އެގައުމުގެ ސައިންސްވެރިންނާއި އިންޖިނިއަރުންނަށް ޖައްވީ އުދުހުމުގެ ތަޖުރިބާ ހޯދުމުގެ އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށްވެސް ޕާކިސްތާނުން ބުނެއެވެ.

މީގެ އިތުރުން، ޗައިނާއިން ވަނީ ޕާކިސްތާނަށް ސެޓެލައިޓް އަދި ރިމޯޓް ސެންސިން ޓެކްނޮލޮޖީތައް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދީ، މޫސުމާއި، ދަނޑުވެރިކަމާއި، ތިމާވެށްޓާއި ޑިޒާސްޓާ މެނޭޖްމަންޓަށް ޕާކިސްތާނަށް އަމިއްލަ ޖައްވީ އެޕްލިކޭޝަންތައް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ދީފަ އެވެ.

ޕާކިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި މި އެއްބާރުލުމަކީ އެމީހުންގެ ގައުމުގެ ސައިންޓިފިކް ކެޕޭސިޓީ އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމަށާއި ޕާކިސްތާނުގައި ތިބި ޒުވާން އިންޖިނިއަރުންނަށް އާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއިން އަނެއްކާވެސް ޕާކިސްތާނާއި ދެކޮޅަށް ރޭވުންތައް ރާވާ، އަސްކަރީ ގޮތުން ޕާކިސްތާންގެ ކުރިއެރުމަށް ހުރަސްއެޅުމަށް މަސައްކަތް ކުރާނެ ކަމަށް ކަމާއި ބެހޭ މާހިރުން ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved