theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ބޮންޑީ ބީޗު ހާދިސާއަށް ފަހު އޮސްޓްރޭލިއާއިން ބަޑިއާ ބެހޭ ގާނޫނުތައް ހަރުކަށި ކުރަން ނިންމައިފި
Faina Faiz
ފައިނާ ފާއިޒް
15 ޑިސެމްބަރު 2025
މާލެ ސިޓީ

ސިޑްނީގެ ބޮންޑީ ބީޗުގައި ހިނގި ހިތާމަވެރި ހާދިސާއަށް ފަހު އޮސްޓްރޭލިއާއިން ބަޑިއާ ބެހޭ ގާނޫނުތައް ހަރުކަށި ކުރަން ނިންމައިފިއެވެ.

ބޮންޑީ ބީޗުގައި ބައްޕައަކާއި ދަރިއަކު ބަޑިން ހަމަލާދީ، ވަނީ 15 މީހުން މަރާލާފައިއެވެ. މި ހާދިސާގައި ހަމަލާދިނުމުގައި ހަރަކާތްތެރިވި މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައިއެވެ.

އެ ގައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވަނީ މިހަމަލާއަކީ ގައުމަށް ދިމާވި އަނދިރި ވަގުތެއް ކަމަށް ވިދާޅުވެ، ސަރުކާރުން ބަޑިއާ ބެހޭ ގާނޫނުތައް ހަރުކަށި ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ބުނާ ގޮތުގައި ތުހުމަތު ކުރެވޭ މައިގަނޑު މީހާއަކީ 2015 ވަނަ އަހަރުން ފެށިގެން ގާނޫނީ ބަޑި ލައިސަންސެއް އޮތް މީހެއް ކަމަށާއި އޭނާގެ އަތުގައި ރަޖިސްޓްރީކޮށްފައިވާ ހަތިޔާރުތަކެއް ހުރިއިރު، އޭނާގެ ދަރިފުޅުގެ ހާލު ސީރިއަސްކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން މި ހަމަލާއަކީ ޓެރަރިޒަމްގެ ޖަރީމާއެއްގެ ގޮތުގައި ބަލަމުންނެވެ.

އެ ހަމަލާގެ ތެރޭގައި ބަޑިޖެހި މީހުންގެ ތެރެއިން އެކަކު ހުއްޓުވުމަށް މަސައްކަތް ކުރި އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved