April 18, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މިއަދުން ފެށިގެން ލަންކާއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފި

Yana Shareef
ޔާނާ ޝަރީފް
Dec 16, 2025, 06:49 AM

އަންގާރަ ދުވަހުން ފެށިގެން ސްރީ ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

Advertisement

އެ ޑިޕާޓްމެންޓުން ބުނީ އުތުރާއި މެދު އުތުރު، އިރުމަތީ ޕްރޮވިންސް، އުވާ ޕްރޮވިންސް، ސެންޓްރަލް އަދި ހުޅަނގު އުތުރުގެ ޕްރޮވިންސްތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މެންދުރުފަހު 1:00 ގެ ފަހުން އެހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައި ވެެއެވެ.

"މެދުތެރޭ ފަރުބަދަތަކާއި، އުތުރާއި، އުތުރާއި، ހުޅަނގު އުތުރުގެ ޕްރޮވިންސްތަކާއި، ޓްރިންކޮމަލީ، ހަމްބަންޓޯޓާ އަދި މޮނަރަގަލާ ޑިސްޓްރިކްޓްތަކަށް ބައެއް ވަގުތުތަކުގައި ގަޑިއަކު 30-40 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ،". އެ ޑިޕާޓްމަންޓުން ބުންޏެވެ.

ސަބަރަގަމުވާ އާއި މެދު ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ގާލޭ އަދި މަތަރާ ޑިސްޓްރިކްޓްތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

ލަންކާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު އެ ގައުމަށް އައި ތޫފާނާއި ގުޅިގެން ކުރި ވިއްސާރައިގައި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވިއެވެ.

ލަންކާގެ ޑީއެމްސީން މިއަދު ހަވީރު އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން ތޫފާން ޑިޓްވާގެ ސަބަބުން ލަންކާއަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 644 މީހުން މަރުވެ، 183 މީހުން ވަނީ ގެއްލިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved