March 15, 2026
Advertisement
-
- / ތޭރަ އޮންލައިން

މާލެއަށް ބޭނުންވަނީ ސިޔާސީ ފިކުރުން ތަތްތެޅި، އާންމު މީހާ ކެކުޅުމުގެ ތެރެއަށް ދޫކޮށްލާނެ ލީޑަރުންނެއް ނޫން: ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 22, 2025, 12:02 AM
މާލެ ސިޓީ

މާލެއަށް ބޭނުންވަނީ ސިޔާސީ ފިކުރުން ތަތްތެޅި، އާންމު މީހާ ކެކުޅުމުގެ ތެރެއަށް ދޫކޮށްލާނެ ލީޑަރުންނެއް ނޫން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަސް ވާދަ ކުރައްވާ ގައުމީ ކެނޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ގައުމުގައި ހުރި ގިނަ ކަންކަން އިސްލާޙުކޮށް ބަދަލު ގެނައުމަށް ޕިއެންއެފުން ފެއްޓި ގައުމީ ބޮޑު ކެމްޕެއިން، "ރީސެޓު" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ޕީއެންއެފްއާ އެކު ކައުންސިލް އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކުރައްވާ ޒަރިޔަންދު ވަނީ ވާހަކަ ދައްކަވާފައެވެ.

ޒަރިޔަންދު ވިދާޅުވީ، 2011 ވަަނަ އަހަރު ލާމަރުކަޒީ ނިޒާމު ތައާރަފުވެ ސިޓީ ކައުންސިލަށް ތަރައްގީގެ މައިގަނޑު މުނިސިޕަލްއާ ތަރައްގީގެ ޒިންމާ ހަވާލުކުރެވުނުއިރު މާލެ ސިޓީ ކައުންސިލަށް ފާއިތުވެގެން ދިޔަ ދިގު މާޒީގައި އެކށީގެންވާ އިދާރީ ރޭވުންތެރިކަން ނުގެނުވުނު ކަމަށެވެ. އަދި އޮޑިޓު ރިޕޯޓެއްވެސް ނެތް ކަމަށެވެ. ސިޓީ ކައުންސިލްގައި ރައްޔިތުންގެ ބައިވެރުވުމާ ހާމަކަން ބޮޑު ނިޒާމެއް ނެތުމުން ލާމަރުކަޒީ ނިޒާމަށް އޮތް އިުބާރުވެސް ގެއްލިގެން ގޮސްފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ނަމަވެސް އެކަން އަނބުރާ ހޯދާނެ ގޮތް އެބަ އޮތް ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ މާލޭގެ މޭޔަރު ވާން ޖެހޭނީ މާލޭގެ ރައްޔިތުންގެ ޚާދިމަކަށް ކަމަށެވެ. މާލެ ސިޓީގެ މޭޔަރު ވާން ޖެހޭނީ ވަކި ކުލައެއް، ވަކި ހަސަބެއް ނަސަބެއް ބެލުމެއް ނެތި ހަމަހަމަ ކަމާ އެކު ޚިދުމަތްކޮށްދޭނެ މީހަކަށްވެސް ކަމަށް ވިދާޅުވެ ޒަރިޔަންދު ވިދާޅުވީ އެއީ ސިޔާސީ ފިކުރުން ތަތްތެޅި އެންމެ އާންމު މީހާ ކެކުލުމުގެ ތެރެއަށް ދޫކޮށްލާނެ މީހެއް ނޫން ކަމަށްވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.

ޒަރިޔަންދު ވިދާޅުވީ، އޭނާ އަބަދުވެސް ދެމި ހުންނާނީ މާލެ ސިޓީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved