
ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ އިސްތިގުލާލު ގުރުބާން ކުރިހެން މި ސަރުކާރުން ވެސް އެކަން ތަކުރާރު ކުރަން ޖެހިދާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވި އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސްވޮޕް ދައްކަންޖެހިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެ "އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވާ ޑރ ޖިހާދު ހަސަން ވަނީ ސުވާލެއް އުފައްދަވާ ޕޯސްޓެއް ކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީނާ ޒަރިޔަންދުވެސް ޓެގުކުރައްވާ ޑރ ޖިހާދު ކުރެއްވި ސުވާލުގައި ވަނީ އެ ސުރުޚީގައި އޮތް ވާހަކައިގެ މާނައަކީ އަނެއްކާވެސް އަޅުގަނޑުމެންގެ އިސްތިޤްލާލަށް ކޮމްޕްރޮމައިޒްވާން ޖެހޭނެ ތޯ ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ޒަރިޔަންދު ދެއްވާފައިވަނީ ކުރު، ނަމަވެސް މާނަފުން ޖަވާބެކެވެ.
އެގޮތުން ޒަރިޔަންދު ވިދާޅުވެފައިވަނީ، އާނ އެކޭ، ކުރިން ސަރުކާރުން ކުރިހެން ކުރަން ޖެހިދާނެއޭ އެވެ.
އިންޑިއާގެ ރިޒާވް ބޭންކް (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކުރުމަށް ސަރުކާރުން އެދުނަސް، ގަވާއިދު ތަން ނުދޭތީ ހުރަސްތަކެއް އެބަހުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.










