March 11, 2026
Advertisement
މެޓާގެ ފޭސްބުކް އަދި އިންސްޓަގްރާމް ލޯގޯ
މެޓާގެ ފޭސްބުކް އަދި އިންސްޓަގްރާމް ލޯގޯ / އޭޕީ

ފޭސްބުކް އަދި އިންސްޓަގްރާމް ޑައުންވެއްޖެ

Azzama
އައްޒާމާ
Mar 6, 2024, 02:59 AM

ޓެކް ކުންފުނި މެޓާގެ ފޭސްބުކް، އިންސްޓަގްރާމް އަދި މެސެންޖާ ޑައުންވެ، އެތައް ހާސް ބަޔަކަށް އެކަމުގެ އަސަރުކޮށްފިއެވެ.

Advertisement

ފޭސްބުކް ބޭނުންކުރާ ގިނަ ބަޔަކު ވަނީ އޮޓޯއިން ލޮގްއައުޓް ވެފައެވެ، އިންސްޓަގްރާމް އެއްގޮތަކަށް ވެސް މަސައްކަތް ނުކުރެއެވެ.

ލޮގްއައުޓް ވުމުގެ ސަބަބުން އެކައުންޓްތައް ހެކް ކޮށްފައިވާ ކަމަށް ބަލައި ގިނަ ބަޔަކު ޓްވިޓާ/އެކްސްގައި ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

މެޓާ އިން ކޮންސިއުމަރ ޕްރޮޑަކްޓްތަކުގެ އޮފިޝަލް ސްޓޭޓަސް ސައިޓްތައް ނުހިންގަ އެވެ. އަދި ޓްވިޓާ/އެކްސް ފަދަ ރަސްމީ އެކައުންޓްތަކުގައި ވެސް ޚިދުމަތް މެދު ކެނޑުމާ ބެހޭ އެއްވެސް އަޕްޑޭޓެއް އަދި ޝާއިއުކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޓްރެކިން ވެބްސައިޓް ޑައުން ޑިޓެކްޓަރުން އަންގާރަދުވަހު މި ޚިދުމަތްތަކުގެ އައުޓޭޖްގެ ބޮޑު ސްޕައިކެއް އުޅޭކަމަށް ދައްކަ އެވެ. އެހެންކަމުން މިއީ މުޅި ދުނިޔެއަށް ދިމާވި ގްލޯބަލް ކަމެއް ކަމަށް ވެދާނެއެވެ.

މެޓާގެ މަޝްހޫރު މެސެޖިންގް އެޕް ވަޓްސްއެޕް އާންމު ހާލަތުގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved