March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޒުވާނުންގެ އަޑު އަހައިގެން ޒުވާނުންގެ މައްސަލަތަކަށް ހައްލު ހޯދޭނެ: ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 2, 2026, 07:53 PM
މާލެ ސިޓީ

ޒުވާނުންގެ އަޑު އަހައިގެން ޒުވާނުންގެ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ ބުރިޖު ހައިވޭ ހިމެނޭހެން ބައެއް މަގުތަކުގައި ޒުވާނަކު ރޭސިން ސައިކަލް ދުއްވާ އުސޫލުން ސައިކަލެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް އެކްސްގައި ބއެއް މީހުން އެކަމުގެ ނުރައްކަލާ އެކަންކަން ހުއްޓުވަން ޖެހޭ ކަމަށް ބުނެފައިވާ ބުނުންތަކާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޒަރިޔަންދު ވިދާޅުވީ، ޒުވާނުންނަކީ ކޮންޓްރޯލު ނުކުރެވޭނެ މައްސަލައެއް ނޫން ކަމަށާ އެކަމުގައި ބޭނުންވަނީ އެމީހުންގެ އަޑު ގާތުން އަހާ ކަންކަމަށް ހައްލު ހޯދައިދޭނެ ބަޔަކު ކަމަށެވެ. ޒަރިޔަންދު ހާމަކުރި ގޮތުގައި އޭނާއަކީވެސް ބައިކު ރޭސިން ކުރަން ލޯބިކުރާ އަދި އޭނާގެ ޒުވާން ދުވަސްވަރު އެކަން ކުރިވެސް މީހެއް ކަމަށެވެ. އެހެންކަމުން އެ ހަލުވި ދުވެލި މުޅިން އެހެން ގޮތަކަށް ބަދަލުވެގެން ގޮސްފިނަމަ ނުކުމެދާނެ ނުރައްކަލާ ހާދިސާތަކަށްވެސް އޭނާގެ ލޯހުޅިވިފައިވާކަމަށް ވިދާޅުވެ ޒަރިޔަންދު ވިދާޅުވެފައިވަނީ، ނަމަވެސް އެ ވާހަކަތައް ހަނދާނަށް ގެނައީ ޒުވާނުންގެ އަޑު ކަނޑުވާލަން ނޫން ކަމަށެވެ.

ޒަރިޔަންދު ވިދާޅުވި ގޮތުގައި، އެކަމަށް އޮތް އެންމެ ރަގަޅު ފަރުވާއަކީ ރައްކާތެރި ސަރަހައްދުތަކެއްގައި ބައިކު ރޭސިންއަށް ތަންތަން ގާއިމުކޮށްދީ ގާނޫނާ ގަވާއިދާ އެއްގޮތަށް އެކަންކަމަށް ޕްރެކްޓިސް ކުރަން ޒުވާނުންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އޭރުން ބައިކު ރޭސިންގެ ނުރައްކާތެރިކަމުން އާންމުން ވެސް ސަލާމަތްކުރެވި އަދި ޒުވާނުންގެ އެ އެދުމަށް އިޖާބަވެސް ދެވި ކަންކަން ތަރުތީބުގެ މަގުން ހިނގާނެ ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ސިޓީގެ ތަރައްގީގައި މިފަދަ ކަންކަން ހިމަނާ ސަރުކާރުން މިކަންކަމަށް އަމަލީ ސިފަ ގެންނަން ޖެހޭކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ އޭރުން ޒުވާނުންނަށްވެސް އެމީހުން ލޯބިކުރާ ކަންކަމަށް ގާނޫނުގެ ތެރެއިން ފުރުަތު ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved