

ހޭޓީގެ ބޮޑުވަޒީރު އެރިއެލް ހެންރީ ޕުއެރްޓޯ ރީކޯއަށް ދިޔައީ އޭނާގެ ގައުމަށް އެނބުރި ނުދެވޭތީ އެވެ.
ލޯކަލް މީޑިއާތަކުން ބުނާ ގޮތުގައި އޭނާ ވެރިރަށް ސެން ޖުއާންއަށް ވަޑައިގަތީ އެމެރިކާގެ ނިއު ޖާޒީ ސްޓޭޓުން ފްލައިޓުން ފުރައިގެން އަންގާރަ ދުވަހު އެވެ.
ފާއިތުވި ދުވަސްތަކުގައި ކެންޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ހެންރީ ހުރި ތަނެއް ނޭނގުނެވެ.
އޭނާ ނެތުމުން ހޭޓީގައި އަނިޔާވެރިކަން ވަނީ އިތުރުވެފަ - އޭނާ ހެއިޓީއަށް އައުން ހުއްޓުވުމަށްޓަކައި ބައިނަލްއަގްވާމީ އެއާޕޯޓުގެ ކޮންޓްރޯލް ނަގަން ހަތިޔާރު އެޅި ގޭންގުތަކުން މަސައްކަތް ކުރަމުން ދިޔައެވެ.
ގޭންގް ލީޑަރު ޖިމީ "ބާބަކިއު" ޗެރިޒިއާ ވަނީ ބޮޑުވަޒީރު އިސްތިއުފާ ދިނުމަށް ޑިމާންޑް ކޮށްފައެވެ. އެހެން ނޫންނަމަ ގައުމު މިސްރާބު ޖަހާފައިވަނީ "ސީދާ ނަސްލު ނައްތާލުމަށް މަގުފަހިވާނެ ދާޚިލީ ހަނގުރާމައަކަށް" ކަމަށް އިންޒާރު ދެއްވައިފަ އެވެ.
އެރިއެލް ހެންރީގެ ބޯޓު ޕުއެރްޓޯ ރީކޯ - އެމެރިކާގެ ސަރަހައްދަކަށް - ޑައިވަރޓް ކުރަން މަޖުބޫރުވީ ހޭޓި އާއި ޑޮމިނިކަން ރިޕަބްލިކަށް ވަނުމަށް އިންކާރު ކުރުމުން ކަމަށް ލޯކަލް ނިއުސް ސައިޓްތަކުން ބުނެ އެވެ.
ޑޮމިނިކަން ރިޕަބްލިކުން އަންގާރަ ދުވަހު ވަނީ ހިސްޕެނިއޯލާ ޖަޒީރާ ހިއްސާކުރާ އަވަށްޓެރި ހޭޓީއާ އެކު ވައިގެ ސަރަހައްދު ބަންދުކުރާކަން އިއުލާންކޮށްފަ އެވެ.
އެގައުމުގެ ލީޑަރު ލުއިސް އަބިނާޑަރ ދާދިފަހުން ވަނީ އެގައުމުގެ ބިމުގެ ބޯޑަރުގައި "ސުލްހައާއި ކޮންޓްރޯލް" ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެފައެވެ.
ހުކުރު ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން އިތުރު ނޯޓިސްއެއް އަންނަންދެން ހުރިހާ ފްލައިޓެއް ކެންސަލްކޮށް، ވެރިރަށް ޕޯޓް އޮ ޕްރިންސްގެ އެއާޕޯޓް، ބަންދުކޮށްފައިވެ އެވެ.