theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ވައިޓް ހައުސް
ދުނިޔެ
ވެނެޒުއޭލާގެ ރައީސް ވަގަށް ނަގައިގެން ގެންދިޔަ ފޮޓޯ އާންމުކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
03 ޖެނުއަރީ 2026
މާލެ ސިޓީ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެގައުމުން ވަގަށް ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް އެމެރިކާގެ އިދާރާތަކުން އާންމުކޮށްފިއެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި، ހަތިޔާރު އެޅި ބަޔަކު ރައީސް މަޑޫރޯ ރަހީނުކޮށްގެން ގައުމުން ބޭރަށް ގެންދާ މަންޒަރު ފެނިގެންދެއެވެ.

މަޑޫރޯ ވަގަށް ނެގި ކަމަށް އެމެރިކާއިން ބުނަމުން ދާއިރު ވެނެޒުއޭލާއިން ބުނެފައިވަނީ އެ ގައުމުގެ ރައީސަކަށް އަދިވެސް ހުންނެވީ މަޑޫރޯ ކަމުގައެވެ.

އެމެރިކާއިން ވަނީ ވެނެޒުއޭލާގެ މުހިންމު ސަރަހައްދުތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތަކަކީ އެގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށާއި، ވެނެޒުއޭލާގެ ހަމަޖެހުން ގާއިމުކުރުމަށް ދެވުނު ހަމަލާތަކެކެވެ. މި ހަމަލާތަކުގެ ސަބަބުން ވެނެޒުއޭލާގެ އިގްތިސާދީ އަދި އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެނެޒުއޭލާއަށް ދެމުންދާ ހަމަލާތައް އަދިވެސް ހުއްޓާނުލާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މި އިންޒާރުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވެނެޒުއޭލާގެ ރައީސް ވަގަށް ނެގުމާއި ގުޅޭ ގޮތުން އެމެރިކާއިން އާންމުކުރި ފޮޓޯތަކާ މެދު ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ވެނެޒުއޭލާގެ މުއްސަނދި ވަސީލަތްތަކަށް އަތްގަދަ ކުރުމަށްޓަކައި އެމެރިކާއިން ރާވައިގެން ހިންގާ ޖަރީމާއެކެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެގައުމުގެ އަމަލުތަކަކީ ޑިމޮކްރަސީ ހިމާޔަތް ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން ވެނެޒުއޭލާގެ އާންމު ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ބޭރުގެ ބާރުތަކުން ގައުމުގެ ދާޚިލީ ކަންކަމަށް ވަދެ، ރައީސް ރަހީނުކޮށް، ބޮމުގެ ހަމަލާތައް ދެމުންދާތީ ގައުމުގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މި މައްސަލައިގައި އދ. އާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، މިއީ މުޅި ސަރަހައްދަށް ކުރިމަތިވާނެ ބޮޑު ކާރިސާއަކަށް ވެގެންދާނެއެވެ.

ވެނެޒުއޭލާގެ ރައީސް މާޑޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ މައްޗަށް ދައުވާ ކުރަން އެމެރިކާއިން ވަނީ ނިންމައިފައެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ޕާމް ބޮންޑީ ވިދާޅުވީ، ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ މައްޗަށް ނިއު ޔޯކުގެ ސަދަން ޑިސްޓްރިކްޓްގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved