February 27, 2026
Advertisement
-
- / އޭއޯއެލް.ކޮމް

މަޑޫރޯއަކީ އަދިވެސް ރައީސްކަމަށާއި އެމެރިކާއިން އޭނާ ވަގަށްނެގިކަަމަށް ޚުދު މަޑޫރޯ ބުނެފި

Yana Shareef
ޔާނާ ޝަރީފް
Jan 7, 2026, 07:30 AM

އަޅުގަނޑަކީ އަދިވެސް ރައީސް ކަމަށާއި، އެމެރިކާއިން ވަނީ އޭނާ ވަގަށް ނަގާފައި ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ބުނެފިއެވެ.

Advertisement

ނިއުޔޯކް ސިޓީ ކޯޓެއްގައި މަޑޫރޯ ހޯމަ ދުވަހު ބުނެފައި ވަނީ އެނާ އަކީ ކުށެއް ނުކުރާ އަހްލާގު ރަނަގަޅު މީހެއް ކަމަށެވެ.

އެމެރިކާގެ ސްޕެޝަލް ފޯސަސް އިން މަޑޫރޯގެ އަންހެނުންނާ އެކު ކަރަކަސްގައި ހުންނަ އޭނާގެ ގެއިން ރަހީނު ކުރުމަށް ފަހު ޓެރަރިޒަމާއި އެނޫންވެސް ދައުވާތަކުގެ ޝަރީއަތަށް އެމެރިކާގެ ފެޑެރަލް ކޯޓަށް މަދޫރޯ އާއި އެނާގެ އަންހެނުން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ. އެމެރިކާގައި މަޑޫރޯގެ މައްޗަށް ޝަރީއަތް ހިންގޭނެތޯ ކަނޑައަޅަން ބާއްވާ އަޑުއެހުންތައް މިހާރު ވަނީ ފަށައިފައެެވެ.

ޑްރަގް ކާޓެލްތަކާ ގުޅިގެން އެތައް ހާސް ޓަނުގެ ކޮކެއިން އެމެރިކާ އަށް އެތެރެ ކުރުމަށް އެހީތެރިވި ކަމުގެ ކުށް މަޑޫރޯގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަޑޫރޯގެ އިތުރުން އޭނާގެ އަންހެނުންނާއި ފިިރިހެން ދަރިފުޅުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved