އޯމާނުން މެދުއިރުމަތީގެ ފުރަތަމަ ކާގޯ ޑްރޯން "ސަހްމް" ލޯންޗުކޮށްފިއެވެ.
އޮމާންގެ ނޫސްތަކުން ބުނާގޮތުގައި މި ކާގޯ ޑްރޯން އަކީ ޒަމާނީ ލޮޖިސްޓިކްސް އަދި އިންސާނުން ނެތް ވައިގެ ދަތުރުފަތުރުގެ ގާބިލްކަން ތަރައްގީ ކުރުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ފިޔަވަޅެކެވެ.
ބަރު ތަކެތި އުފުލޭ ގޮތަށް އެ ގައުމުގައި ފަރުމާކޮށްފައިވާ މ ޑްރޯން ލޯންޗްކޮށްފައި މިލިޓަރީ ޓެކްނޮލޮޖިކަލް ކޮލެޖްގައި ބޭއްވި "ސްކައި ބްރިޖް" އިވެންޓުގައި ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު އިންޖިނިއަރ ސައީދު ބިން ހަމޫދު އަލް މަވާލީގެ ބެއްލެވުމުގެ ދަށުންނެވެ.
ސަހްމް ފަރުމާކޮށްފައި ވަނީ ދިގު ރާސްތާގެ ކާގޯ މިޝަންތަކަށް ހާއްސަކޮށްގެންނެވެ. މިގޮތުން މި ޑްރޯނުން 300 ކިލޯމީޓަރާ ހަމައަށް ދަތުރު ކުރެވޭއިރު، 250 ކިލޯގްރާމްގެ ބަރު ކާގޯ އުފުލޭނެ ގާބިލްކަން ހުންނާނެެެއެވެ.
މި ޑްރޯން ލޯންޗް ކުރުމަށް ބޭއްވި އިވެންޓެއްގައި ވަނީ 100 ކިލޯގްރާމްގެ ސިއްހީ ސާމާނު ހިފައިގެން 100 ކިލޯމީޓަރުގެ ދުރުމިނެއްގައި ދަތުރެއް ފުރިހަމަ ކޮށްފައެވެ.
އޮމާނުން ވަނީ މެދުއިރުމަތީގެ ތެލާއި ގޭހުގެ ސިނާއަތަށް ޑްރޯން ކާގޯގެ ހިދުމަތް ވެސް ތައާރަފްކޮށްފައެވެ.