ކަޅު ކަނޑުގެ ބަނދަރު ސިޓީ އޮޑެސާއަށް ބުދަ ދުވަހު ރަޝިޔާއިން މިސައިލް ހަމަލާ ދިން އިރު އެސަރަހައްދާ 500؛މީޓަރު ދުރުގައި ޔޫކްރޭންގެ ރައީސް ޒެލެންސްކީއާ ގްރީސްގެ ޕްރައިމް މިނިސްޓަރ ކިރިއާކޯސް މިޓްސޮޓާކިސް ހުރި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ސިޓީއަށްކުރި ޒިޔާރަތެއްގައި ލީޑަރުން ގޮވައިގެން ދިޔަ ކޮންވޯއީއަކަށް ހަމަލާގެ އަސަރު އިހުސާސް ކުރެވުނު ކަމަށާއި ގޮވުމުގެ ސަބަބުން އުފެދުނު"މަޝްރޫމް ވިލާގަނޑެއް" ފެނިފައިވާ ކަމަށްވެސް ރިޕޯޓް ކުރިއެވެ.
ޒެލެންސްކީ އާއި މިޓްސޮޓާކިސް އަށް އަނިޔާއެއް ނުވި ނަމަވެސް ޔޫކްރޭންގެ ނޭވީގެ ތަރުޖަމާނު ޑިމިޓްރޯ ޕްލެޓެންޗުކް ސީއެންއެން އަށް ވިދާޅުވީ ހަމަލާގައި ފަސް މީހަކު މަރުވެ އިތުރު ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
ޒެލެންސްއަކީ ގިނައިން ފްރަންޓް ލައިނަށް ހައި ރިސްކް ދަތުރުތައް ކުރައްވާ ބޭފުޅެކެވެ. ޒެލެންސްކީ ބުނީ އޭނާ ހުރީ ހަމަލާ ފެނުމާއި އަޑު އިވޭ ވަރަށް ކައިރީ ކަމަށެވެ.
“މި ހަމަލާ މިއަދު އަޅުގަނޑުމެންނަށް ފެނުނީ. އަޅުގަނޑުމެން މިބކުރިމަތިލަނީ ކުރަނީ ކޮންބަޔަކާކަން ފެނިވަޑައިގަންނަވާނެ، އެމީހުން ސްޓްރައިކް ކުރާ ތަނަކަށް ފަރުވާލެއް ނުބަހައްޓާ. އަހަންނަށް އެނގޭ މިހަމަލާގެ ވެފައިވާ މީހުން ތިބިކަން، އަދި ހުރިހާ ތަފްސީލެއް ނޭނގެ، އެކަމަކު މަރުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުން ތިބިކަން އެނގޭ،” ބުދަ ދުވަހު އޮޑެސާއިން ޒެލެންސްކީ ބުންޏެވެ.
"އަހަރެމެން އެންމެ ފުރަތަމަ ވެސް ދިފާއުވާން ޖެހޭ. އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެއާ ޑިފެންސް ސިސްޓަމަކުން ކުރުން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މިޓްސޮޓާކިސް ބުނީ ވައިގެ ހަމަލާތަކުގެ ސައިރެންސްގެ އަޑު އިވުމުގެ ކުރިން ޒެލެންސްކީ އޭނާއަށް ރަޝިޔާގެ ހަމަލާތަކުން މަސްތަކެއް ވަންދެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދެކުނު ސިޓީ ބަލާލުމުގެ ދަތުރެއް ދީފައިވާ ކަމަށެވެ.
"އޭގެ ކުޑައިރުކޮޅެއް ފަހުން އަހަރެމެންގެ ކާރުތަކުގައި ދިޔައިރު ބޮޑު ގޮވުމެއްގެ އަޑު އިވުނީ،" ބުދަ ދުވަހުގެ ފަހުކޮޅު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިޓްސޮޓާކިސް ބުންޏެވެ.