March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަހީނެއްގެ ހަށިގަނޑު ފެނުމުން އިސްރާއީލުން ރަފާ ބޯޑަރު ވަގުތީގޮތުން ހުޅުވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 26, 2026, 10:51 PM
މާލެ ސިޓީ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ތެރެއިން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ބަނޑަށްޖައްސާފައިވާ ދަނޑިވަޅެއްގައި، ރަފާ ބޯޑަރު "ލިމިޓެޑް" ކޮށް ހުޅުވުމަށް އިސްރާއީލުން ނިންމާފައިވަނީ އެ ގައުމުގެ ސިފައިންގެ މީހެއް ކަމަށްވާ ރަން ގްވިލީގެ ހަށިގަނޑު ފެނުމާ ގުޅިގެންނެވެ.

Advertisement

އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާގެ ރަފާހް ސަރަހައްދަށް އަރައިގަނެ، އެ ސަރަހައްދުގެ ކޮންޓްރޯލް ނަގައި ބޯޑަރު ބަންދުކޮށްފައި އޮންނާތާ ދުވަސްތަކެއް ފަހުން، މި ނިންމުން ނިންމާފައިވަނީ ހަމައެކަނި އެމީހުންގެ އަމިއްލަ މަސްލަހަތަށް އިސްކަންދީގެންނެވެ. މިސްރާއި ޣައްޒާ ގުޅޭ ރަފާހް ބޯޑަރު ހުރަސް "ލިމިޓެޑްކޮށް" އަލުން ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށް އިސްރާއީލުން އިއުލާއިއުލާންކޮށްފައިވާއިރު، މިއީ ޣައްޒާގެ ކުށެއްނެތް އާންމު ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ ގައުމުގެ އަސްކަރީ ބޭނުންތަކަށާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އުފުލުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ކުޑަކުދިންނާއި އަންހެނުން ޝަހީދުވަމުންދާއިރު، ބޯޑަރު ބަންދުކޮށްގެން އިންސާނީ އެހީއަށް ހުރަސްއެޅުމަކީ ހަނގުރާމައިގެ ބޮޑު ކުށެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ސިފަކުރެއެވެ. ނަމަވެސް، އިސްރާއީލުން ދަނީ ދުނިޔޭގެ ގޮވާލުންތަކަށް ބޯނުލަނބައި، ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިކުރުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންނެވެ.

ރަން ގްވިލީގެ ހަށިގަނޑު ފެނުމާ ގުޅިގެން ރަފާހް ބޯޑަރު ވަގުތީގޮތުން ހުޅުވުމަށް ދިން މި ހުއްދައަކީ، އިސްރާއީލުގެ އަނިޔާވެރިކަމާއި އަމިއްލަ އެދުން ބޮޑުކަން ހާމަވެގެންދާ އަނެއް ހެއްކެވެ. ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހި، ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާއިރު، އިސްރާއީލުން އަދިވެސް މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved