March 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރުކުމާ މަގާމުން ވަކިވެއްޖެ، ވަކިވީ ރައީސް މުއިއްޒުގެ އެންގުމަށް!

Jan 27, 2026, 05:57 PM
މާލެ ސިޓީ

މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މަގާމުގައި ހުރި މުހައްމަދު އަބްދުލް ކަރީމު (ރުކުމާ އަހުމަދު) އެ މަގާމުން ވަކިވެވަޑައިގެންފިއެވެ.

Advertisement

ރުކުމާގެ ގާތް މީހަކު ޗެނަލް13އަށް މައުލޫމާތު ދިން ގޮތުގައި އޭނާ މަގާމުން ވަކިވީ ސިދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.

ރައީސް އެފަދަ އެންގެވުމެއް އެންގެވީ ކުންފުނީގެ އެމްޑީގެ އެދުމަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރުކުމާ މި ސަރުކަރުގައި އެންމެ ފުރަތަމަ ހުންނެވީ، ވެމްކޯގައެވެ. އެގެ ފަހުން ފެނަކައިގެ ޑީއެމްޑީ ކަމުގެ މަގާމުގައި ހުންވަަނިކޮށް މޯލްޑިވް ގޭސްއަށް ބަދަލުކުރީ 2025 ވަނަ އަަހރުގެ ޖުލައި 1 ގައެވެ.

ރުކުމާ އަހުމަދު މަގާމުން ވަކިވެފައި މިވަނީ، ސަރުކާރުގެ ގޭސް ކުންފުންޏަށް އެސްޓީއޯއިން އެތެރެކުރާ ގޭސް ހުސްވެ ބޮޑު ގެއްލުމަކާ ދިމާލަށް މިސްރާބު ޖަހާފައިވެސްވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
ކޮމެންޓްތައު
ޖިނާހު
Jan 27, 2026, 06:56 PM
ޝިމާދަކީ ވިލާގޭހުގެ ކުރީގެ މުވައްޒަފެއް. ވިލާގެ އެކައުންޓަންޓައް އުޅެފަ، މިހާރު އެސް.ޓީ އޯ އެމް.ޑީ. ތެލާއި ގޭހުން މަނީ ލޯންޑަރ ކުރަން މެދުވެރިއަކަށް މީގެ ކުރިންވެސް މިހާރު ވެސް ޝިމާދު ބޭނުން ކުރަމުން ދަނީ ވިލާ ގޭސް. އެސް.ޓީ އޯ ވިލާ މި ދެތަނަކީ އެއް ކުންފުންޏެއް މިވަގުތު.
ޒުބީން
Jan 27, 2026, 06:15 PM
އެސް.ޓީ.އޯ އެމްޑީ ޝިމާދު އަންގަވައިގެން ވެއްދި ބޭފުޅެއް ރުކުމާ އަކީ. ގޭސް އެމް.ޑީ ވިދާޅުވެގެން އިސްތިއުފާ ދޭން އެންގީ ؟
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved