March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ ސިލްސިލާ މުޒާހަރާތަކާ ގުޅޭގޮތުން ބޯލްޓަން ދެއްކެވި ވާހަކަތަކަށް ފާޑުކިއުން އަމާޒުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 27, 2026, 11:07 PM
މާލެ ސިޓީ

އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރުވުމަށް އެމެރިކާގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ގޮވާލެއްވުމާ ގުޅިގެން، އެކަމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފިއެވެ.

Advertisement

މިދިޔަ ހަފުތާގައި ބޯލްޓަން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނުގެ މިހާރުގެ ސަރުކާރު ވައްޓާލުމަށްޓަކައި ހަމައެކަނި މުޒާހަރާތަކަކުން ނުފުދޭނެ ކަމަށެވެ. އޭނާގެ މަގުސަދަކީ އީރާނުގެ ވެރިކަން ބަދަލުކުރުން ކަމަށް ހާމަކުރައްވަމުން ބޯލްޓަން ވިދާޅުވީ، މިކަމަށްޓަކައި ދިގުމުއްދަތުގެ ނިޒާމީ ސްޓްރެޓެޖީއެއް އެކުލަވާލަންޖެހޭ ކަމަށެވެ.

ބޯލްޓަންގެ މި ވާހަކަތަކަކީ މިނިވަން ދައުލަތެއްގެ ސިޔާދަތަށް އަރައިގަތުމަށް ހިތްވަރުދޭ ވާހަކަތަކެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން ދެކެއެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ގައުމުގެ ދާޚިލީ ކަންކަން ނިންމާނީ އެ ގައުމުގެ ރައްޔިތުން ކަމަށާއި، ބޭރުގެ ބާރުތަކުން ގައުމުގެ ހަމަޖެހުން ނަގާލުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށެވެ.

އީރާނަކީ ސަރަހައްދީ ގޮތުންނާއި އިސްލާމީ އުންމަތުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، އެ ގައުމުގެ ދާޚިލީ މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކަށް ހިތްވަރު ދިނުމަކީ މެދުއިރުމަތީގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

ބޯލްޓަން ފަދަ ހަރުކަށި ފިކުރުގެ ބޭފުޅުން މީގެ ކުރިންވެސް ވަނީ އެކި ގައުމުތަކުގެ ވެރިކަން ބަދަލުކުރުމަށް ބާރުއަޅުއްވައި، އެ ގައުމުތައް ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved