April 22, 2026
Advertisement
-
- / ވޮއިސް.އެމްވީ

ތާރީޚީ ކާމިޔާބީއަކާއެކު ގައުމީ ފުޓްސަލް ޓީމު ރާއްޖެ އަތުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 28, 2026, 02:34 AM
މާލެ ސިޓީ

ތައިލެންޑްގައި ކުރިއަށް ދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުޓްސަލް ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއާއެކު، ގައުމީ ފުޓްސަލް ޓީމު މިއަދު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއާޕޯޓަށް ޖަމާވެފައެވެ. މި މުބާރާތުގައި ދިވެހި ޓީމުން ދެއްކި މޮޅު ކުޅުމާއި ހޯދި ނަތީޖާއަކީ ރާއްޖޭގެ ފުޓްސަލް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސަތޭކަ އިންސައްތަ ރެކޯޑަކާއެކު ތާރީޚީ ނަތީޖާއެއް ނެރެފައެވެ. މުޅި މުބާރާތުގައިވެސް ދިވެހި ކުޅުންތެރިން ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ. ރާއްޖެއިން ވަނީ ޓެކްނިކަލް ގޮތުން މޮޅު ކުޅުމެއް ދައްކައި، އިދިކޮޅު ހުރިހާ ޓީމުގެ މައްޗަށް ކުރި ހޯދައި މުޅި މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ތަށި އުފުލާލާފައެވެ.

ތައިލެންޑްގައި ބޭއްވުނު މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ސަރަހައްދީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. މިއީ ސާފް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ޓީމުން މިހާ ތާރީޚީ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.

ޓީމު ރާއްޖެ އައުމާ ގުޅިގެން މާލޭގެ މަގުތަކުގައިވެސް އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ކާމިޔާބީއާއެކު ދިވެހި ފުޓްސަލް އާއިލާއަށް ވަނީ އައު އުންމީދުތަކެއް ލިބިގެން ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved