May 9, 2026
Advertisement
-
- / ތޭރަ އޮންލައިން

ގައުމީ ކެންޑިޑޭޓު، ޒަރިޔަންދުގެ ކެމްޕެއިންނަށް މާލީ ގޮތުން އެހީވުމަށް ފުރުސަތު ހުުވާލައިފި

Feb 1, 2026, 03:51 AM
މާލެ ސިޓީ

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ގައުމީ މިނިވަން ކެންޑިޑޭޓު، އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިނަށް މާލީ ގޮތުން އެހީތެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

Advertisement

ކެމްޕެއިންގެ ކަންކަން ކުރިއަށްދާނެ ގޮތާ ހިސާބު އާންމުކުރާނެ ގޮތް ހިއްސާކުރައްވާ އެ ކެމްޕެއިނަށް އެހީތެރިވުމަށް ބޭނުންވާ ބޭފުޅުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލަ ނަމުގައި އެކައުންޓެއް ކެމްޕެއިނަށް ހާއްސަކޮށް ޒަރިޔަންދު ވަނީ ހުޅުވާފައެވެ. ޒަރިޔަންދު ވިދާޅުވެފައިވާ ގޮތުގައި އޭނާ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާނީ މާލޭގެ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މިިނިވަނެއްގެ ގޮތުގައި ކަމަށާ މާލޭގެ ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ކައުންސިލްގެ އިދާރީ އިންތިޒާމުން ކޮރަޕްޝަނާ ޚިޔާނާތް ސާފުކޮށް މާލޭގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމުގެ އަޒުމުގައި ކަމަށެވެ.

ކެމްޕެއިން ހިންގުމަށް ހުރިހާ ރައްޔިތުންގެ އެހީވެސް ބޭނުންވާކަމަށާ މާލީ ގޮތުން އެހީވާން ބޭނުންވާ ބޭފުޅުންނަށް އެކައުންޓު މެދުވެރިކޮށް އެހީވެވޭނެ ކަމަށާ އެ ފައިސާއިން ކރުާ ޚަރަދުތަކުގެ ތަފްސީލު ކޮންމެ ހަފްތާއަކު އާންމު ކުރާނެ ކަމަށްވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ. އަދި ކެމްޕެއިން ނިމޭއިރު ބާކީ ހުންނަ ފައިސާ ފަލަސްތީނު ފަންޑު ނުވަތަ ތެލެސީމިއާ ފަންޑު ފަދަ ފަންޑަކަށް ހަދިޔާ ކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޒަރިޔަންދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ ވާނީ ނުފޫޒުން އެއްކިބާވެ ހުރެ ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ މޭޔަރަކަށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved