March 21, 2026
Advertisement
-
- / ެމެގާ

އެމެރިކާގެ މަނަވަރުތަކަށް އީރާނުން ފާރަވެރިވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 3, 2026, 01:14 AM
މާލެ ސިޓީ

އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" އާއި އެ ބޯޓުގެ ސްޓްރައިކް ގްރޫޕްގެ ހަރަކާތްތައް ބަލައި، އެ ތަކެތި ނައްތާލުމަށް ތައްޔާރުވުމުގެ ގޮތުން އީރާނުން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ.

Advertisement

މި އޮޕަރޭޝަނުގެ ދަށުން، އީރާނުގެ އެންމެ ޒަމާނީ ޑްރޯންތައް ދަނީ އަރަބި ކަނޑުގެ ސަރަހައްދުގައި ފޯރިމަރަމުންނެވެ. މި ޑްރޯންތަކުގެ މައިގަނޑު ބޭނުމަކީ ޔޫއެސްއެސް ލިންކަން އާއި އޭގެ ކެރިއާ ސްޓްރައިކް ގްރޫޕްގެ ހަރަކާތްތައް ދެނެގަނެ، ބޯޓު އަޑިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެއްކުރުމެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ތަކުރާރުކޮށް އިންޒާރު ދެމުންދިޔަ ނަމަވެސް، އީރާނުން ވަނީ އެ އިންޒާރުތަކަށް ބެލުމެއްނެތި އެ ސަރަހައްދުގައި ކުރިއަށްގެންދާ ޑްރޯން ރިކޮނައިސަންސް ހަރަކާތްތައް އިތުރަށް ވަރުގަދަކޮށްފައެވެ. މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ކުރިން ދުވަހަކުވެސް އީރާނުން މި ފަދަ މަނަވަރުތަކަށް ފާރަވެރިނުވާ މިންވަރަށް ކުރިއަށްގެންދާ ވަރުގަދަ އަސްކަރީ ހަރަކާތެކެވެ.

މި ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް ވަނީ ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހިފައެވެ. އީރާނުގެ މި ދުރުރާސްތާ ޑްރޯންތަކަކީ އެމެރިކާގެ އެންމެ ޒަމާނީ ރޭޑާރުތަކަށްވެސް ފާހަގަކުރަން އުނދަގޫ، އަދި ވަރަށް ސައްހަ މަޢުލޫމާތު ފޯރުކޮށްދޭ އުދުހޭ އާލާތްތަކެކެވެ. މީގެ ސަބަބުން އަރަބި ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ބާރު ކުޑަވެ، އީރާނުގެ އަސްކަރީ ގާބިލުކަން މުޅި ސަރަހައްދަށް މިހާރު ދަނީ ދައްކާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved