March 21, 2026
Advertisement
-
- / އަލްޖަޒީރާ

ވެނެޒުއެލާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޓަރަޒޯނާ މިނިވަންކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 3, 2026, 01:32 AM
މާލެ ސިޓީ

ވެނެޒުއެލާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެކްޓިވިސްޓް ހާވިއާ ޓަރަޒޯނާ، ހަތަރު އަހަރަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު މިނިވަންކޮށްފިއެވެ.

Advertisement

ޓަރަޒޯނާ މިނިވަންކޮށްފައިވަނީ މިދިޔަ ހަފްތާގެ ފަހުކޮޅު ވެނެޒުއެލާގެ ސަރުކާރުން އިއުލާންކުރި ޚާއްޞަ މައާފެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ވެނެޒުއެލާގެ ސިފައިންނާއި ކޮލަމްބިއާގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގެ މައުލޫމާތު އާންމުކުރުމާ ގުޅިގެން "ޓެރަރިޒަމް" ގެ ތުހުމަތުގައެވެ.

މި ނިންމުމަކީ އެމެރިކާގެ ބޮޑު ޕްރެޝަރަކަށްފަހު ވެނެޒުއެލާއިން ނިންމެވުމެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ. އެމެރިކާގެ ސަރުކާރުން ވަނީ ސިޔާސީ ބޭނުންތަކަށް ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންކުރުމަށް ތަކުރާރުކޮށް ވެނެޒުއެލާގެ ސަރުކާރަށް ގޮވާލާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، ޓަރަޒޯނާ މިނިވަންވުމަކީ އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ. ޓަރަޒޯނާ އަކީ ވެނެޒުއެލާގެ ބޯޑަރު ސަރަހައްދުގައި ހިނގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި އިސްދައުރެއް އަދާކުރި ފަރާތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved