March 21, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މޮރޮކޯގައި ފެންބޮޑުވުން: 50،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Feb 3, 2026, 06:29 AM

ހަފްތާތަކެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ބިރު އޮތުމުން 50،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

Advertisement

އެއީ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ކްސާރ އެލް ކެބިރުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެންބޮޑުވުމުން ރައްޔިތުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް މޮރޮކޯއިން ސިފައިން އެ ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން އިއްޔެ ވަނީ ބުނެފައެވެ.

މޮރޮކޯގައި ބޯކޮށް ވާރޭވެހި ކޯރުތަކުގެ ފެންގަނޑު މައްޗަށް ދިއުމުގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެތައް ހާސް ބަޔަކަށް އެހީތެރިވުމަށް ސިފައިންގެ ރެސްކިއު ޔުނިޓްތައް ފޮނުވާފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހަފްތާތަކެއް ވަންދެން ބޯކޮށް ވާރޭވެހި، ކައިރީގައި ހުރި ޑޭމަކުން ފެން ބަންޑުންޖަހާލައި، ލޫކޯސް ކޯރުގެ ފެން އިތުރުވެ، ވެރިރަށް ރަބާތުގެ އުތުރުން ގާތްގަނޑަކަށް 190 ކިލޯމީޓަރު ދުރުގައި އޮންނަ ކްސާރު ކްބީރުގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 20،000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ކޭމްޕްތަކަށް ބަދަލުކޮށްފައިވާ ކަމަށް ރަސްމީ މީޑިއާތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved