theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
އުދުހޭ ޓެކްސީތައް ޗައިނާއިން ރަސްމީކޮށް ފަށައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
03 ފެބްރުއަރީ 2026
މާލެ ސިޓީ

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް އަންނަމުންދާ ބޮޑެތި ކުރިއެރުންތަކާއެކު، އިންސާނުން އުފުލާ "އޮޓޮނޮމިކް ޕެސެންޖަރ ޑްރޯން" ނުވަތަ އުދުހޭ ޓެކްސީގެ ޚިދުމަތް ވިޔަފާރި އުސޫލުން ދިނުމުގެ ހުއްދަ ޗައިނާއިން ދީ، އެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން (CAAC) ވަނީ އޮޓޮނޮމިކް ޕެސެންޖަރ ޑްރޯންގެ ވިޔަފާރި އުސޫލުން ހިންގުމުގެ ލައިސަންސް އެ ގައުމުގެ ދެ ކުންފުންޏަކަށް ދޫކޮށްފައެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް މިފަދަ ޓެކްސީގެ ޚިދުމަތެއް ދިނުމަށް ރަސްމީކޮށް ހުއްދަ ދޫކުރި ފުރަތަމަ ފަހަރެވެ.

މި ހުއްދަ ލިބުނު ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ މަޝްހޫރު 'އީހޭންގް' (EHang) ކުންފުނި ހިމެނެއެވެ. އެ ކުންފުނިން އުފައްދާފައިވާ އުޅަނދުތަކަކީ ޕައިލެޓަކާ ނުލައި، އަމިއްލައަށް އުދުހުމުގެ ގާބިލުކަން ލިބިފައިވާ، ކަރަންޓުން ބޭނުންކުރެވޭ އުޅަނދުތަކެކެވެ.

މި ޚިދުމަތް ފެށުމުގެ މައިގަނޑު ބޭނުމަކީ ބޮޑެތި ސިޓީތަކުގައި ދިމާވާ މަގުމަތީގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަލުވިކޮށް ޒަމާނީ ކުރުމެވެ. މީގެ އިތުރުން، މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދަތުރުފަތުރުގެ ނިޒާމު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޗައިނާ ސަރުކާރުން ސިފަކުރެއެވެ.

ޗައިނާއިން ތައާރަފްކުރި މި އައު އީޖާދަކީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު ބަދަލެއްކަމަށް މާހިރުން ލަފާކުރެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved