April 15, 2026
Advertisement
-
- / ހިންދުސްތާނީ ޓައިމްސް

ކޮރަޕްޝަންގެ ދެ މައްސަލައެއްގައި ހަސީނާ 10 އަހަރަށް ޖަލަށް

Yana Shareef
ޔާނާ ޝަރީފް
Feb 3, 2026, 10:32 PM

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި އެކަމަނާގެ އާއިލީ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ، ހަސީނާ 10 އަހަރަށް ޖަލަށްލުމަށް ބަންގްލަދޭޝްގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ.

Advertisement

ޑާކާގެ ސްޕެޝަލް ޖަޖްސް ކޯޓުން އިއްޔެ ކުރި މި ހުކުމަކީ، ވެރިރަށް ޑާކާ ކައިރީގައި ހިންގި ސަރުކާރުގެ ބިމުގެ މަޝްރޫއަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހަސީނާ އާއި އެކަމަނާގެ އާއިލާގެ މެންބަރުންނަށް ނުހައްގުން ބިން ހޯދިކަން ސާބިތުވުމާ ގުޅިގެން ކުރި ހުކުމެކެވެ

. މި މައްސަލައިގައި ހަސީނާގެ އިތުރުން، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ، ހަސީނާއަށް ބޮޑުދައިތަ ވިދާޅުވާ ޓިއުލިޕް ސިއްދީގުގެ މައްޗަށް ވެސް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މީގެ އިތުރުން، ޓިއުލިޕްގެ އެއްބަނޑު އެއްބަފާ ދެ ބޭފުޅުން ކަމަށްވާ އަޒްމީނާ އާއި ރަދުވާން މުޖީބުގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ބޭފުޅުންނަކީ ހަސީނާގެ ކޮއްކޯފުޅު ޝައިޚް ރެހާނާގެ ބޭފުޅުންނެވެ.

ދައުލަތުގެ ވަކީލުން ބުނާ ގޮތުގައި، މި ބިންތައް ހޯދުމުގައި ޓިއުލިޕް ސިއްދީގު ވަނީ އޭނާގެ ބޮޑުދައިތަ ޝައިޚް ހަސީނާގެ ނުފޫޒު ބޭނުންކޮށްފައެވެ. ނަމަވެސް ޓިއުލިޕް ވަނީ މި ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ބުނެ އެކަން ދޮގު ކުރައްވާފައެވެ.

2024 ވަނަ އަހަރު ދަރިވަރުން އިސްވެ ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން 15 އަހަރުވީ ވެރިކަން ވެއްޓުމުން، ހަސީނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެންނެވެ. އެކަމަނާގެ ޣައިރު ހާޒިރުގައި މީގެ ކުރިން ވެސް ވަނީ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި މަރުގެ ހުކުމެއް އިއްވާފައެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާއިން މިހާރު ވަނީ ލަންޑަންގެ ފުލުހުންނަށް ގޮވާލައި، ފިލައިގެން އުޅޭ ޓިއުލިޕް އާއި އޭނާގެ އާއިލާ ހައްޔަރުކޮށް ބަންގްލަދޭޝްއާ ހަވާލުކުރުމަށް އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved