theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
މޭޔަރުކަމުގެ ފުރަތަމަ ދުވަހު ހުޅުމާލެ، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ފަށާނަން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
Mariyam Isaadha
މަރިޔަމް އިސާދާ
03 ފެބްރުއަރީ 2026
ހުޅުމާލެ

މާލެ ސިޓީގެ މޭޔަރުކަމުގެ ފުރަތަމަ ދުވަހު ހުޅުމާލެ، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ފަށާނަން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވީ އޭނާގެ ކެމްޕެއިންގައި ހުޅުމާލޭގައި ޑޯޓުޑޯގެ ހަރަކާތް އަންގާރަ ދުވަހު ފައްޓަވަމުން ޗެނަލް13 އަށް ދެއްވި ބަސްދީގަތުމުގައެވެ.

ޒަރިޔަންދު ވިދާޅުވީ ގާނޫނަކުން ކަމެއް މަތިކޮށްފައިވާ ނަމަ އެކަމަކަށް މަގު ފަހިކުރަން މަސައްކަތް ކުރަން ޖެހޭނީ އެ ޒިންމާ މަތިވެފައިވާ މީހާ ކަމަށާ އެމީހަކު އެކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރަން ވާނެ ކަމަށެވެ.

އެގޮތުން ހުޅުމާލެއަކީވެސް މާލެ ސިޓީގެ ތަނެއް ކަމަށާ އެހެންކަމުން ހުޅުމާލެ ގާނޫނީ ގޮތުން އޮންނާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގައި ދަށުގައި ކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށް ވިދާޅުވެ ޒަރިޔަންދު ވިދާޅުވީ ސަރުކާރުން ހުޅުމާލެ ސިޓި ކައުންސިލާ ހަވާލުނުކުރަނީ ކަމަށް ބުނެ މިހާރުގެ މޭޔަރު ފުއްދާލެއްވިޔަސް އެއީ ޖަވާބުދާރީ ވާން ޖެހޭ ކަމެއް ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ ﷲގެ އިރާދަފުޅުން މާލޭގެ މޭޔަރު ކަމަށް އޭނާ ހޮވިއްޖެ ނަމަ އެންމެ ފުރަތަމަ ދުވަހުގެ މަސައްކަތުގެ ތެރޭގައި ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ ހުޅުމާލެއަކީ ތަރައްގީ ކުރަން އެޗްޑީސީއާ ހަވާލުކުރި ފަރެއް ކަމަށާ އެތަނުގެ ރައްޔިތުންނަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved