March 14, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ވެނެޒުއޭލާގެ އިދިކޮޅު ސިޔާސީ ފަރާތެއް ކަމަށްވާ ގުއަނިޕާ ގޭބަންދަށް ބަދަލުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Feb 11, 2026, 11:31 AM

ވެނެޒުއެލާގެ އިދިކޮޅު ސިޔާސީ ފަރާތެއް ކަމަށްވާ ޚުއާން ޕަބްލޯ ގުއަނިޕާ މަރަކައިބޯ ސިޓީގައި ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް އޭނާގެ ދަރިފުޅު ރަމޮން ގުއަނިޕާ މިއަދު ބުނެފިއެވެ.

Advertisement

އެކްސްގައި އޭނާގެ ދަރިފުޅު ކުރި ޕޯސްޓެއްގައި ބުނީ "އަޅުގަނޑުގެ ބައްޕަ ޖުއާން ޕަބްލޯ ގުއަނިޕާ މަރަކައިބޯގައި ހުންނަ އަޅުގަނޑު ގޭގައި ބަންދުކޮށްފައިވާކަން ކަށަވަރުކޮށްދެން" ކަމަށެވެ.

އެހެން ނަމަވެސް ބައްޕަ އަދިވެސް ހުންނެވީ ނުހައްގުން ހައްޔަރުގައި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިފައިން ކަރަކަސްއަށް ދިން ހަމަލާއެއްގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަތުލައިގަތުމަށް ފަހު އެމެރިކާގެ ޕްރެޝަރެއްގެ ތެރޭގައި ގުއަނިޕާ ދާދި ފަހުން ސިޔާސީ ގައިދީންނަށް މައާފުދޭ ގާނޫނެއް ފާސްކުރި ނަމަވެސް މި ގާނޫނު ތަންފީޒުކުރުމުގެ ފުރުސަތު އޮތްކަމެއް އަދި ސާފެއް ނޫނެވެ.

ސިޔާސީ ގައިދީން ހިފަހައްޓާފައިވާކަން ސަރުކާރުން ދޮގުކޮށް، ޖަލުގައި ތިބި މީހުން ކުށްކޮށްފައިވާ ކަމަށް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved