April 3, 2026
Advertisement
-
- / ތޭރަ އޮންލައިން

ގައުމީ ކެންޑިޑޭޓް ޒަރިޔަންދު މިރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރައްވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 13, 2026, 10:49 PM
މާލެ ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ "ގައުމީ ކެންޑިޑޭޓް" އިސްމާޢީލް ޒަރިޔަންދު، ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މުހިންމު ހަރަކާތެއް މިރޭ ބޭއްވުމަށް ނިންމަވައިފިއެވެ.

Advertisement

މި ބައްދަލުކުރެއްވުން އޮންނާނީ މިރޭ 20:30 ގައެވެ. މި ހަރަކާތަކީ މާލޭގެ ތަރައްޤީއަށް ޒަރިޔަންދު ގެންގުޅުއްވާ ތަޞައްވުރު ރައްޔިތުންނާ ހިއްސާކުރައްވައި، ގަލޮޅު އަވަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޒަރިޔަންދަކީ މާލޭގެ މޭޔަރުކަމުގެ މަޤާމަށް އެންމެ އެކަށޭނަ، ތަޖުރިބާކާރު އަދި ރައްޔިތުންގެ އިހުސާސްތައް ދަންނަ ކެންޑިޑޭޓެކެވެ. ގައުމީ ފިކުރުގައި މާލޭގެ ރައްޔިތުންނަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދިނުމަށް ޒަރިޔަންދު ކުރައްވަމުންދާ މަސައްކަތަށް ގިނަ ބައެއްގެ ތާއީދާއި ލޯބި ދަނީ ލިބެމުންނެވެ.

މިރޭގެ ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، ޒަރިޔަންދުގެ ތަރައްޤީގެ އެޖެންޑާއާ ބެހޭ މަޢުލޫމާތު އޮޅުންފިލުވުމަކީ ޒަރިޔަންދުގެ ވަރަށް ބޮޑު އެދުމެކެވެ. އިސްމާޢީލް ޒަރިޔަންދަކީ މާލޭގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރާނެ މޭޔަރަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން ޒަރިޔަންދުދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved