April 3, 2026
Advertisement
އިދާރީ ކަންކަމުގައި މެނޭޖަރު އިސްކޮށް އުޅޭނެ، ރައްޔިތުންނާ ބައްދަލުކުރާނީ ސީދާ އަޅުގަނޑު: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
އިދާރީ ކަންކަމުގައި މެނޭޖަރު އިސްކޮށް އުޅޭނެ، ރައްޔިތުންނާ ބައްދަލުކުރާނީ ސީދާ އަޅުގަނޑު: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

އިދާރީ ކަންކަމުގައި މެނޭޖަރު އިސްކޮށް އުޅޭނެ، ރައްޔިތުންނާ ބައްދަލުކުރާނީ ސީދާ އަޅުގަނޑު: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Feb 14, 2026, 01:28 AM
މާލެ ސިޓީ

ކައުންސލް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޖެހޭ އިދާރީ ކަންކަމުގައި އޭނާގެ ފަރާތުން އިސްކޮށް އުޅޭނީ ކެމްޕެއިން މެނޭޖަރު ކަމަށާ ނަމަވެސް ރައްޔިތަކު ސީދާ ބައްދަލުވުމަކަށް އެދިއްޖެނަމަ އެ ރައްޔިތަކާ ބައްދަލުކުރާތީ އަމިއްލައަށް މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ހާމަކުރައްވައިފިއެވެ.

Advertisement

ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ މޭޔަރުކަމަށް ކުރިމަތިލީ ރައްޔިތުންނަށް ނުލިބިވާ މުހިންމު ޚިދުމަތަކާއި ގެއްލިފައިވާ ހައްޤުތައް ހޯދާދިނުމުގެ އަޒުމުގައި ކަމަށާ އެކަމުގައި އޭނާ ހުންނެވި ފަހަތަށް ފިޔަވަޅު އަޅާގޮތަށް ނޫން ކަމަށެވެ.

އޭނާގެ ކެންޑިޑޭޓު ނަމްބަރު (ކެންޑިޑޭޓު ނަމްބަރު 2) ހިއްސާ ކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ، އިންތިހާބުގެ ގުރުއަތު ނެގުން ފަދަ އިދާރީ ކަންކަން ކުރާނީ އޭނާގެ މެނޭޖަރު ކަމަށެވެ. ނަމަވެސް ރައްޔިތުން ނާބައްދަލުކުރާނީ ސީދާ އޭނާ ކަމަށްވެސް ޒަރިޔަންދު ވަނީ ހާމަކުރައްވާފައެވެ.

ބެލެވޭ ގޮތުގައި އޭނާ މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ، ކެންޑިޑޭޓުންގެ ގުރުއަތުލުމަށް އޭނާ ވަޑައިނުގެން ކެމްޕެއިން މެނޭޖަރު ގުރުއަތުލުމަށް ދިއުމުން، ސަރުކާރުން ބޮޑު މުސާރަ ދީފައި ހުންނަ "ބޮޓު" މަރިޔަމް ޝިއުނާ މީސް މީޑިޔާގައި ޒަރިޔަންދުއާ ގުޅުވާ ދެއްކި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved