May 31, 2026
Advertisement
އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ.
އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ. / އޭއެފްޕީ

އީރާނުގެ މުޒާހަރާތައް ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދައިފި

Yana Shareef
ޔާނާ ޝަރީފް
Feb 15, 2026, 07:37 AM

އީރާނުގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތައް ތަހުގީގު ކުރުމަށް ކޮމިޝަނެއް އުފައްދައިފިއެވެ.

Advertisement

އެ ގައުމުގައި މުޒާހަރާތައް ފެށުނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އީރާނުގެ ރިޔާލްގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާއި ގުޅިގެން އީރާނުގެ ގްރޭންޑް ބާޒާރުގެ ފިހާރަތައް ބަންދު ކުރުމުންނެވެ.

އަދި އޭގެ ފަހުން ގައުމުގެ އިގްތިސާދީ ހާލަތު ދަށް ކަމަށް ބުނެ، މުޅި ގައުމުގައި މުޒާހަރާ ކުރަން ފެށިއެވެ.

މި މުޒާހަރާތަކަކީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު އެ ގައުމުގައި ހިންގި އެންމެ ބޮޑު ހަމަނުޖެހުމެވެ.

އީރާން ސަރުކާރުގެ ތަރުޖަމާން ފާތިމާ މޮހަޖެރާނީ ވިދާޅުވީ، ކަމާބެހޭ މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް "ފެކްޓް ފައިންޑިން ކޮމިޓީއެއް" އެކުލަވާލައި ލިޔެކިޔުންތައް ހޯދައި ބަޔާންތައް އަޑުއަހަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކޮމިޝަނުން ފޯކަސް ކުރާނީ ހަމައެކަނި މުޒާހަރާތަކުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ޑިމާންޑްތަކަށް ކަމަށް ނުވަތަ މުޒާހަރާތަކުގައި މަރުވި މީހުންގެ މައްސަލަ އަށް ކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved