April 4, 2026
Advertisement
-
- / ތޭރަ އޮންލައިން

ޕްލޭނެއް ނެތި ވޯޓު ހޯދުމަށް ޓޫލުއެއްގެ ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ދެރަ ކަމެއް: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 15, 2026, 08:57 PM
މާލެ ސިޓީ

އެއްވެސް ރޭވުންތެރިކަމެއް ނެތި ހަމަ ތިބެފައި އެކަމުގެ ފަހަތުގައި އޮތް އަމިއްލަ އެދުމަކާ އެކު ގައުމަށް ތަރައްގީ ގެނައުމުގެ ނަމުގައި މަޝްރޫތައް ހިންގުމަކީ ދެރަވަރުކަމެއްގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ އޭނާ ކުރިއަށް ގެންދާ ޕޮޑު ކާސްޓު، "ޓޯކު ވިތު ޒަރިޔަންދު" ޝޯގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރިޔަންދު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަކީ ވެރިންގެ އިހުލާސްތެރިކަން އެކަމުގައި އޮންނަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތުގެ ތެރޭގައި ތެދުވެރި ނިޔަތާ އިހުލާސްތެރިކަމަކީ އެންމެ މުހިއްމު ސިފަ ކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ، ވޯޓު ހޯދުމުގެ އާލާތެއްގެ ގޮތުގައި މާލޭގެ މަގުތަކާ މާލޭގެ ބިންތަކާ މާލޭގެ ރައްޔިތުންނަށް ދޭ އިނާޔާތްތަކާ ގޯއްޗަކީ ވޯޓަށް ބިނާކޮށް ދޭ އެއްޗެހިގޭ ގޮތުގައި ދޫކުރުމުން މާލޭގެ ރައްޔިތުން ތިބެން ޖެހިފައިވަނީ އިޖުތިމާއީ ގޮތުން ހާލަތު ވަރަށް ދަށްކޮށް ކަމަށެވެ.

އެހެންކަމުން ތަރައްގީއާ އަދި ދެވެން ޖެހޭ ޚިދުމަތްތައް ވޯޓާ ދިމާކޮށް ފުރިހަމަކުރުމަކީ ވަރަށް ދެރަކަމެއް ކަމަށް ވިދާޅުވީ ޒަރިޔަންދު ވަނީ، އެފަދަ ކަންކަން ކުރިއަށް ދާން ޖެހޭނީ ހަރުދަނާ ރޭވުންތެރިކަމެއްގެ ތެރެއިން އިންތިޒާމުވެގެން ކަމަށް ވެސް ވިދާޅުވެފައެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، ޒަރިޔަންދު ވަނީ އޭނާއާ ވާދަވެރި ކެންޑިޑޭޓުންގެ ވާހަކަ ދައްކަން އޭނާ ބޭނުންނުވާ ކަމަށާ ނަމަވެސް ފުދޭ ވަރަށް ހިސާބާ ފުދޭ ވަރެއްގެ އޮޑިޓު ރިޕޯޓުތައް އޭނާގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ. އަދި ލިޔެކިޔުންތަކުގެ ބޭނުން ހިފާނީ ރަސްމީކޮށް ކަމަށްވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved