April 4, 2026
Advertisement
ޤައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު / ތޭރަ އޮންލައިން

ހިންގުމުގެ ހަރުދަނާކަން ނެތުމުން އޭގެ ދަތި އުފުލަން ޖެހޭނީ ރައްޔިތުން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 18, 2026, 12:02 AM
މާލެ ސިޓީ

ދައުލަތުގެ ހިންގުމުގެ ހަރުދަނާކަން ނެތުމުން އޭގެ ދަތި އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ އޭނާ ކުރިއަށް ގެންދާ ޕޮޑްކާސްޓު، ޓޯކްސް ވިތު ޒަރިޔަންދުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރިޔަންދު ވިދާޅުވީ، ގައުމުގައި އެންމެން އެއް ދިމާއަކަށް ހިޖުރަ ކުރަން މަޖްބޫރުވަނީ ދައުލަތުގެ މައިގަނޑު ރޭވުންތަކުގައި ހުރި މައްސަލަތަކުން ކަމަށާ އެ ފަރާތްތަކަށް ހިދުމަތްދިނުން އަނެއްކޮޅުން ދަތިވަނީ ވަނީ ސިޓީ ކައުންސިލްގެ ރޭވުންތަކުގައި ހުރި ދޯހަޅި ކަމުން ކަމަށެވެ.

މީގެ އިތުރުން ޒަރިޔަންދު ވަނީ އޭނާގެ މޭޔަރުކަމެއްގައި، ރައްޔިތުންނާ ގުޅުން ހުރި އެއްވެސް ކަމެއްގައި ފޫކަހައިފި ނަމަ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅަން އޭނާއަށް ކެރޭނެ ކަަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved