February 24, 2026
Advertisement
މާލެ ތަރައްގީ ކުރާނީ 5 އަހަރަށް ބަހާލައިގެން ތަރައްގީ ޖޯލި ފައްޗެއްހެން ގަތާލައިގެން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
މާލެ ތަރައްގީ ކުރާނީ 5 އަހަރަށް ބަހާލައިގެން ތަރައްގީ ޖޯލި ފައްޗެއްހެން ގަތާލައިގެން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

މާލެ ތަރައްގީ ކުރާނީ 5 އަހަރަށް ބަހާލައިގެން ތަރައްގީ ޖޯލި ފައްޗެއްހެން ގަތާލައިގެން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 24, 2026, 04:33 PM
މާލެ ސިޓީ

އޭނާގެ މޭޔަރުކަމެއްގައި މާލެ ތަރައްގީ ކުރާނީ 5 އަހަރަށް ބަހާލައިގެން ތަރައްގީ ޖޯލި ފައްޗެއްހެން ގަތާލައިގެން ކަމަށް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުގެ ފަރާތުން ގެނެސްދޭ "ކުޅިކޮށް" ޕްރްގްރާމުގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

ޒަރިޔަންދު ވިދާޅުވީ، ތަރައްގީއަކީ ލާމެހިފައި އޮންނަ ކަމެއް ކަމަށާ އެހެންކަމުން މިހާރު މާލެ ސިޓީ ރީސެޓުކުރަން ނުކުމެ ހުންނެވިއިރު މާލޭގައި ޖެހޭނީ އެއް ކަމެއް ރަނގަޅުކޮށްފައި އަނެއް ކަމަކަށް ދާން ކަމަށެވެ. އެހެންކަމުން އޭނާގެ ވިސްނުމާ ޕްލޭނުވެސް އޮތީ ގަތާލާފައި އިންނަ ޖޯލިފައްޗެއްހެން މުޅި މާލެ ފަސް އަހަރަށް ގަތާލައިގެން ތަރައްގީ ކުރިއަށް ގެންދިއުން ކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ޒަރިޔަންދު ވަނީ އޭނާގެ ޟޭޔަރުކަމުގައި މާލޭގެ ބައެއް ކަންކަމަށް ގެންނާނެ ހައްލުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމާއި ޖާގައިގެ ދަތިކަން ކަމަށްވާއިރު، އެކަންކަމަށް ޒަރިޔަންދުގެ މޭޔަރުކަމުގައި ހައްލު ގެންނަވާނެ ކަމަށް ހާމަކުރެއްވިއެވެ.

ޒަރިޔަންދު ވިދާޅުވީ މާލޭގައި ކުއްޔަށް އުޅޭ މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކުޑަކޮށް، އަގުހެޔޮކޮށް ކުއްޔަށް ތަންތަން ހަމަޖެއްސުމަށް މުނިސިޕަލް ހައުސިން ސްކީމެއް ގާއިމުކުރާނެ ކަމަށެވެ.

އެއީ ދާއިމީ ބޯހިޔާވަހިކަމެއް ލިބެންދެން ފޯރުކޮށްދޭ ވަގުތީ ބޯހިޔާވެހިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުނިސިޕަލް ހައުސިން ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ މިނިމަމް ވޭޖުގެ 70 ޕަސަންޓަށްވުރެ ކުލި ބޮޑުނުވާ ގޮތަށް ކަމަށެވެ.

މޭޔަރު ކަމަށް އިންތިހާބުވުމަށްފަހު ދައުރުގެ ތެރޭގައި މާލޭގައި ޖުމްލަ 8،000 ޕާކިން ޖާގަ ގާއިމުކުރާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާވެސް ހޯދަން އެނގޭ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

މާލޭގައި ދުއްވާ ސައިކަލުތަކުގެ ފީގެ ގޮތުގައި އަހަރެއްގެ މައްޗަށް 125 މިލިއަން ރުފިޔާ ލިބޭއިރު، އޭގެއިން ޕާކިން ޖާގަތައް ގާއިމުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ނުކުތީ މާލޭގައި ހުރި މައްސަލަތައް ވަރަށް ރަގަޅަށް އެނގި ހުރެގެން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved