April 17, 2026
Advertisement
މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް / ތޭރަ އޮންލައިން

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 11, 2024, 03:48 AM
މާލެ ސިޓީ

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

Advertisement

މިކަން އިއުލާން ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން އިއުލާންކުރި ހަނދާބެހޭ ބަޔާނުގައެވެ.

ބަޔާނުގައި ވަނީ އިސްލާމީ ގައުމުތަކަށް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ އާއި ރަމާޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައެވެ.

"މީލާދީ ސަނަދުން 2024 ވަނަ އަހަރުގެ މި ހިނގާ މާޗް މަހުގެ 11 ވާ ހޯމަ ދުވަހަކީ ހިޖުރީ ސަނަދުން 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ."

ހަނދާއިބެހޭގޮތުން އިއްވި ބަޔާނުގައި ވެއެވެ.

މާދަމާއަކީ ބަރަކާތްތެރި ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް ނިންމުމާއެކު، މާދަމާ ވެގެންދާނީ ރަސްމީ ބަންދު ދުވަހަކަށެވެ.

ރަމަޟާންމަހު ސަރުކާރު އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. އެހްނަނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ހަމަޖައްސާފައިވަނީ ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ހަމަޖައްސާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved